logo
Bank of Maldives

Bank of Maldives

ވިޔަފާރި

ރާއްޖޭގެ މާލީ ނިޒާމު ވަނީ ހަމައަކަށް އެޅިފަ: އައި.އެމް.އެފް

---
---

ދައުލަތުގެ ޚަރަދުތަކާއި، ބޭރުގެ މާލީ މުއާމަލާތްތަކާއި އަދި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް، ފާއިތުވި އަހަރު ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ހާމަކޮށްފިއެވެ.

 އައި.އެމް.އެފް އިން މިކަން ހާމަކޮށްފައިވަނީ، ޖޫން މަހުގެ 14 ވަނަ ދުވަހު ނިންމާލި 2026 އާޓިކަލް IV މިޝަން ގެ ވަގުތީ ހޯދުންތަކުގެ މައްޗަށް އެކުލަވާލި ރިޕޯޓުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 އެ ފަންޑުން ބުނި ގޮތުގައި، އިގްތިސާދީ އަދި މާލީ ގޮތުން ކުރިމަތިވި ދަތި މާހައުލުގައިވެސް ރާއްޖޭގެ އިގްތިސާދު ހިފަހައްޓާލާފައިވަނީ ހަރުދަނާކަމާއެކުގައެވެ. އަދި ދައުލަތުން ދައްކަންޖެހޭ ދަރަނިތައް، އޭގެ ތެރޭގައި ރަސްމީ ފަރާތްތަކަށާއި އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުންދާކަންވެސް އައި.އެމް.އެފް އިން ފާހަގަކުރިއެވެ. މި ކުރިއެރުންތަކާއެކު، ރާއްޖޭގެ މާލީ ނިޒާމު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އަލުން އޯޕަން މާކެޓް އޮޕަރޭޝަންސް ފެށުމަށް ނިންމި ނިންމުމަށް އައި.އެމް.އެފް އިން މަރުހަބާ ކިޔާފައިވެއެވެ. އަދި މި ވަސީލަތުގެ ބޭނުން ހިފަމުން ގެންދިއުމަކީ މަނިޓަރީ ސިޔާސަތުތައް ހަރުދަނާކުރުމަށް އެޅޭ ބާރެއް ކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން، ބޭރު ފައިސާގެ ގާނޫނުގެ ސަބަބުން ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކަށް ލުޔެއް ލިބި، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމަށް އެހީތެރިވެދީފައިވާކަން އެ ފަންޑުން ފާހަގަކުރިއެވެ.

 މާލީ ދާއިރާގެ ހަމަޖެހުން ދަމަހައްޓައި، ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، މާލީ ދާއިރާ ސުޕަވައިޒްކުރުމުގައި އަބަދުވެސް ސަމާލުވެ ތިބުމަށް އައި.އެމް.އެފް އިން ވަނީ ލަފާދީފައެވެ. އަދި މަރުކަޒީ ބޭންކާއި މާލީ ދާއިރާގެ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމަކީ، ބޭންކުތައް ބެލެހެއްޓުމާއި މާލީ ކާރިސާތައް މެނޭޖުކުރުމުގެ ނިޒާމު ވަރުގަދަވެގެންދާނެ ކަމެއް ކަމަށްވެސް އެ ފަންޑުން ބުނެފައިވެއެވެ. މިފަދަ އިސްލާހުތަކުގެ ސަބަބުން ސިޔާސަތުތަކަށް އޮންނަ އިތުބާރު ބޮޑުވެ، ކުރިމަތިވެދާނެ އިގްތިސާދީ ލޮޅުންތަކަށް ކެތްކުރުމުގެ ގާބިލުކަން މާލީ ނިޒާމުގައި އިތުރުވެގެންދާނެއެވެ.

ދައުލަތުގެ ދަރަންޏާއި ބޭންކިންގް ދާއިރާއާ ދެމެދު އޮތް ގުޅުން ބޮޑުވުމަކީ، އެކަމަށް އެދެވޭ ހައްލެއް ނުގެނެސްފިނަމަ މާލީ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއްކަން އައި.އެމް.އެފް އިން ފާހަގަކުރިއެވެ. އެހެންކަމުން، މާލީ ނުތަނަވަސްކަން ކުޑަކޮށް، ދައުލަތުގެ ދަރަނި ދަށްކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި ސިޔާސަތުތަކަށް ބަދަލު ގެނައުމަށް އެ ފަންޑުން އިރުޝާދު ދީފައިވެއެވެ. މި ފިޔަވަޅުތައް އަޅަންވާނީ މާލީ ދާއިރާގެ ހަމަޖެހުން ދަމަހައްޓައި، މުޖުތަމައުގެ ނާޒުކު ފަންތީގެ މީހުންނަށް ކުރާނެ އަސަރުތަކުން އެފަރާތްތައް ހިމާޔަތްކުރަމުން ކަމަށްވެސް ބުނެފައިވެއެވެ.

 އައި.އެމް.އެފްގެ ވަފުދުން ޖޫން 4 އިން 14 އަށް ރާއްޖެއަށް ކުރި މި ޒިޔާރަތުގައި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އާއި، އެމް.އެމް.އޭގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ އިތުރުން ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި، އަމިއްލަ ސެކްޓަރުގެ މަންދޫބުންނާއި ތަރައްގީގެ ބައިވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައި.އެމް.އެފްގެ ނަޒަރުގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ކުރިމަގުރިޕޯޓް | 28 މިނިޓު ކުރިންރާއްޖޭގެ މާލީ ނިޒާމު ވަނީ ހަމައަކަށް އެޅިފަ: އައި.އެމް.އެފް ވިޔަފާރި | 2 ގަޑިއިރު ކުރިންފިނޭންސް މިނިސްޓަރުގެ މަގާމަށް ހަސަން ޒަރީރު އައްޔަން ކުރައްވައިފިޚަބަރު | 9 ދުވަސް ކުރިން ''އެ ތިން ރައީސުން'' ގައުމު ވައްޓާލި އިގްތިސާދީ އަނދަވަޅުން ސަލާމަތް ކުރުމަށް މި ރައީސް ހޯއްދަވައިދެއްވީ ބޮޑު ކާމިޔާބެއް''ރިޕޯޓް | 12 ދުވަސް ކުރިން