logo
Bank of Maldives

Bank of Maldives

ދުނިޔެ

ޑޮކްޓަރަކު މުޅި ގޭގައި ސީސީޓީވީ ކެމެރާ ހަރުކޮށް އަނބިމީހާ އަށް ފާރަލައި ކުރި އަނިޔާއަށް ކެތްނުކުރެވިގެން އަނބިމީހާ މަރުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ޖޫން 2026 - 19:42
ފިރިމީހާ ފާރަލައި ކުރި އަނިޔާ އަށް ކެތްނުކުރެވިގެން މަރުވި އަންހެންމީހާ
ފިރިމީހާ ފާރަލައި ކުރި އަނިޔާ އަށް ކެތްނުކުރެވިގެން މަރުވި އަންހެންމީހާ

އިންޑިއާގެ މުމްބާއީ ކައިރީގައި އޮންނަ ތާނޭގެ އަމްބަރުނާތުގައި، ޑޮކްޓަރަކު އޭނާގެ އަނބިމީހާގެ ހުރިހާ ހަރަކާތްތަކެއް ބަލައި ފާރަލުމަށް ގޭގެ އެކި ތަންތަނުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ކުރި އަނިޔާތަކަށް ކެތްނުވެގެން އެ އަންހެންމީހާ އަމިއްލައަށް މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 26 އަހަރުގެ ވިޝާކާ ތިލްކަރްއެވެ.

ވިޝާކާ އާއި ޑޮކްޓަރު ނިތިން ތިލްކަރް ކައިވެނިކުރީ މިއަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް ކައިވެންޏަށް އެންމެ 48 ދުވަސް ވީތަނާ، ފިރިމީހާ އާއި އޭނާގެ އާއިލާގެ ފަރާތުން ލިބެމުންދިޔަ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކުގެ ސަބަބުން ވިޝާކާ ވަނީ އަމިއްލައަށް މަރުވެފައެވެ. ވިޝާކާގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި، ކައިވެނީގެ ހަދިޔާގެ ގޮތުގައި ލިބުނު ތަކެއްޗާ މެދު ހިތްހަމަނުޖެހިގެން، އިތުރު ރަނާއި ފައިސާ ގެނައުމަށް ބުނެ އޭނާއަށް ދިޔައީ އަނިޔާކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވިޝާކާގެ ފިރިމީހާ ނިތިން ވަނީ ގޭގެ އެތެރެއާއި ބޭރުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ވިޝާކާ ކުރާ ކޮންމެ ކަމެއް ބަލައި ފާރަލާފައެވެ. އާއިލާއިން ބުނި ގޮތުގައި ވިޝާކާ އެއްވެސް މީހަކާ ވާހަކަދައްކައިފިނަމަ، އޭނާ ގެއަށް އައުމުން ވަރަށް ރަހުމްކުޑަ ގޮތަކަށް ތަޅައި އަނިޔާކުރެއެވެ. އޭނާ އަމިއްލައަށް މަރުވުމުގެ ދެ ދުވަސް ކުރިންވެސް، އަވަށްޓެރި އަންހެނަކާ ވާހަކަދެއްކުމުން ފިރިމީހާ އާއި އޭނާގެ އާއިލާއިން ވިޝާކާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ.

ވިޝާކާގެ އާއިލާގެ މެންބަރަކު ބުނި ގޮތުގައި، "ނިތިން ތިލްކަރް ހުރީ އޭނާގެ ކޮންމެ ހަރަކާތެއް ބަލަން ކެމެރާ ހަރުކޮށްފައި. އެއްވެސް މީހަކާ ވާހަކަދައްކައިފިނަމަ ގެއަށް އައިސް ވަރަށް ބޮޑަށް ތަޅާނެ. މިކަމުގެ ސަބަބުން އޭނާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައި،" ކަމަށެވެ. ވިޝާކާ އަމިއްލައަށް މަރުވުމުގެ ކުރިން އޭނާއަށް ލިބެމުންދިޔަ އަނިޔާތަކުގެ ވާހަކަ މަންމައަށް ކިޔައިދީފައިވާ ކަމަށާއި، އާއިލާއިން އޭނާ ބަލައި ދާން އުޅެނިކޮށް އޭނާ ދަންޖެހިގެން މަރުވި ޚަބަރު ލިބުނު ކަމަށްވެސް އާއިލާއިން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އަމްބަރުނާތުގެ ޝިވާޖީނަގަރު ޕޮލިސް ސްޓޭޝަނުން ވަނީ ނިތިން ތިލްކަރް އާއި އޭނާގެ މަންމަ އަދި ބޭބެގެ މައްޗަށް މައްސަލަ ރަޖިސްޓްރީކޮށްފައެވެ. އެމީހުންގެ މައްޗަށް ކުރަނީ ނަފްސާނީ އަދި ޖިސްމާނީ އަނިޔާކުރުމާއި، އަމިއްލައަށް މަރުވާން މަޖުބޫރުކުރުވުމުގެ ތުހުމަތެވެ. ފުލުހުން މިހާރު ވަނީ ނިތިން ހައްޔަރުކޮށްފައެވެ. އަދި މި މައްސަލާގައި ހިމެނޭ އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮކްޓަރަކު މުޅި ގޭގައި ސީސީޓީވީ ކެމެރާ ހަރުކޮށް އަނބިމީހާ އަށް ފާރަލައި ކުރި އަނިޔާއަށް ކެތްނުކުރެވިގެން އަނބިމީހާ މަރުވެއްޖެދުނިޔެ | 2 ގަޑިއިރު ކުރިންވޮލްކެނިކް ކްރޭޓަރަކަށް ވެއްޓި "ޔަމަނުގެ ސްޕައިޑަރ-މޭން" މަރުވެއްޖެދުނިޔެ | 2 ދުވަސް ކުރިންސޭފްޓީ ރޯޕް ނުޖަހާ އެއްލާލުމުގެ ސަބަބުން ރޯޕް ޖަމްޕް ޖަހަން އުޅުނު ޒުވާނަކު މަރުވެއްޖެދުނިޔެ | 3 ދުވަސް ކުރިންއައިވީއެފް ހަދައިގެން ލިބުނު ދެބެންނަކީ އެހެން ބައެއް ދަރިންކަމަށް ބުނެ ދެމަފިރިއަކު ކްލިނިކާ ދެކޮޅަށް ކޯޓަށްދުނިޔެ | 3 ދުވަސް ކުރިން