logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި

އައިޝަތު ނަޝާ
18 ޖޫން 2026 - 09:44
ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި

ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނިގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއަކޮށްފައިވާ ޝިޕްމަންޓެއް ބަލާ ފާސްކުރިއިރު، އެ ޝިޕްމަންޓުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައެވެ.

 

View post on Twitter

 

މިގޮތުން ޖުމްލަ 5،600 ވޭޕް ކާޓްރިޖު ފެނިފައިވާތީ، އެ ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މީގެ އިތުރުން، މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު މާލެ ކޮމާޝަލް ހާބަރުގައި ކުރިއަށްގެންދިޔަ އެހެން އޮޕަރޭޝަނެއްގެ ތެރެއިންވެސް 1،108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް ހޯދާފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.ކަސްޓަމްސްއިން ބުނީ، 5،600 ވޭޕް ކާޓްރިޖު ފެނުނު މި މައްސަލަ މިހާރު އިތުރަށް ތަޙުގީގު ކުރަމުންދާ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއަށް އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފިޚަބަރު | 2 ގަޑިއިރު ކުރިންޗިޕްސް ދަޅުތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ހާހަކަށްވުރެ ގިނަ ވޭޕް އަތުލައިގެންފިޚަބަރު | ދުވަހެއް ކުރިންރާއްޖެ އެތެރެކުރަން އުޅުނު 8.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި ޚަބަރު | 8 ދުވަސް ކުރިން 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 16 ދުވަސް ކުރިން