logo
Bank of Maldives

Bank of Maldives

ޚަބަރު

ފޭސް2 ގެ ކަރަންޓު ނެޓްވަރކާއި ސްޓެލްކޯ އިން ހަވާލުވެއްޖެ

އައިޝަތު ނަޝާ
19 ޖޫން 2026 - 05:52
ފޭސް2 ގެ ކަރަންޓު ނެޓްވަރކާއި ސްޓެލްކޯ އިން ހަވާލުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވަރކާއި  ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ހަވާލުވެއްޖެއެވެ.

ފޭސް2 ގެ ކަރަންޓު ނެޓްވަރކާއި އެ ކުންފުނިން ޙަވާލުވުމުގެ ގޮތުން އިއްޔެ ވަނީ ސްޓެލްކޯއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރެވެ. އަދި އެޗްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ (ރޓޑ) ޢަލީ ޒުހައިރުއެވެ. މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ކުންފުނީގެ އެމްރޖެންސީ ރެސްޕޮންސް ސެންޓަރެއް ޤާއިމްކުރުމަށް ބޭނުންވާ ޖާގަ އެޗްޑީސީ އިން ވަނީ ސްޓެލްކޯ އާ ޙަވާލުކޮށްފައެވެ.

 

View post on Twitter

 

އަދި ހަމަމިއާއިއެކު ސްޓެލްކޯގެ ފަރާތުން އިއްޔެ ވަނީ އެޗްޑީސީ އަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފައެވެ.

މާލެ ސަރަހައްދުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި ހުންނަ 50 މެގަވޮޓުގެ އިންޖީނުގެ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާއިރު، މީގެ ސަބަބުން އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމުގެ ފުރުސަތު ލިބި، ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު ފޯރުކޮށްދެވޭނެއެވެ. މިއީ ކުރިއަށް އޮތް ތަނުގައި ދެވަނަ ފިޔަވަހީގެ ޑިމާންޑަށް ކަރަންޓު ފޯރުކޮށްދިނުމަށް އެޅޭ ވަރުގަދަ ބިންގަލެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭސް2 ގެ ކަރަންޓު ނެޓްވަރކާއި ސްޓެލްކޯ އިން ހަވާލުވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންމަގު ކޮންނަ ނަމަ މަގު ކޭބަލްތަކަށް ސަމާލުވުމަށް ސްޓެލްކޯއިން އެދިއްޖެޚަބަރު | 2 މަސް ކުރިންއަނިޔާވި ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށްޚަބަރު | 7 މަސް ކުރިންގޯތި ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލައެއްގައި ފުލުހުން ޖިނާއީ ތަހުގީގެއްކުރަނީ ޚަބަރު | 2 އަހަރު ކުރިން