logo
Bank of Maldives

Bank of Maldives

ޚަބަރު

ލޭ ހަދިޔާ ކުރުމަކީ ކޮންމެ މީހެއްގެ ވެސް އުފަލަކަށް ހަދަންޖެހޭ- ނައީބު ރައީސް

މަރިޔަމް ޔަނާ އަލީ
15 އޮކްޓޯބަރު 2024 - 16:44
ނައިބުރައީސް- ހުސެން  މުހައްމަދު ލަތީފް
ނައިބުރައީސް- ހުސެން މުހައްމަދު ލަތީފް

ލޭ ހަދިޔާ ކުރުމަކީ ކޮންމެ މީހެއްގެވެސް އުފަލަކަށް ހަދަންޖެހޭ ކަމަށް ނައީބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ މިރޭ ބޭއްވި ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ނައީބް ރައީސް ވިދާޅުވި ގޮތުގައި ކޮންމެ މީހަކު ވެސް ހަދިޔާކުރާ ލެއަކީ ތެލެސީމިއާ ހުންނަ ކުދިންގެ ދިރިހުރުމަށް ދެވޭ އުންމީދެކެވެ.

އަދި ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހެދުމަށް ކުރިއަށް އޮތް ތަނުގައި އިތުރު ފުރުސަތުތަކެއް އިތުރު ކުދިންތަކަކަށް ހޯދައިދިނުމަކީސަރުކާރުގެ އަމާޒުކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް ރާއްޖޭގައި މިހާރު ލިބެން ހުރިކަމަށާއި ރަށުގައި ތިބެގެން ތެލެސީމިއާއަށް ބޭނުންވާ ފަރުވާ ހޯދުމަށް ތަހަންމަލުކުރާ ދަތި އުނދަގޫތަކަށް ނިމުމެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކުގެ އެންމެހާ އިންތިޒާމުތައް ދަނީ ހަމަޖެހެމުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބަލިތައް ދެނެގަތުމަށްޓަކައި އަޅުގަނޑުމެން ދަތުރުކޮށްފަ ދާން މިޖެހެނީ ދުރު ރަށްތަކަށް. އެހެންކަމުން ކަމެއް ދިމާވިއަސް، މާލީ ހާލަތު ތަންދޭ ގޮތުންކަމުގައި ވިޔަސް ވަރަށް ދަތި އުނދަގޫ މިކަމުގައި ދިވެހީން ތަހައްމަލުކުރަން ޖެހިފަ އޮތީ. އިރާދުކުރެއްވީތީވެ ތަހުލީލުކުރުމުގަ އަމިއްލަ ރަށުގަ ފަސްގަނޑުގަ ތިބެގެން އެ ލުއިފަސޭހަތައް މިއަދު ލިބޭނޭ އިންތިޒާމުތައް އެދަނީ ހަމަޖެހެމުން . އެކަން އަޅުގަނޑުމެން މި ސަރުކާރުން ކަށަވަރުކުރާނަން - ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް

މި މަޝްރޫއަކީ އިހްސާންތެރިކަމާ އޯގާތެރިކަމަށްޓަކާ ދިވެހި އާއިލާތައް އުފުލަމުންއައި ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވި ބޮޑު ނިންމުމެއް ކަމަށް ނައީބު ރައީސް ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ފޯރުކޮށްދިނުމަށްތަކައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ނައީބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

31 އަހަރަށްފަހު ތެލަސީމިއާ ސެންޓަރު ހުކުރު ދުވަހު ހުޅުވައި ޚިދުމަތް ދޭން ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފިޚަބަރު | 5 ދުވަސް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗު، ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިފިޚަބަރު | 7 ދުވަސް ކުރިންފިޔޯރީގައި މަސް ބަންދުކުރާ ކާރުޚާނާ ގާއިމުކުރުމުން މުޅިއަތޮޅަށް ވަޒީފާގެ ފުރުސަތު ތަނަވަސްވާނެ: ނައިބު ރައީސްޚަބަރު | 20 ދުވަސް ކުރިން