މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސް
21 ޖޫން 2026 - 06:23

މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްމެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
އެ އިދާރާ އިން ވަނީ ކ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ. އަދި ބުނީ މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Ad by Hajj Corporation
މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް އާދަޔާ ހިލާފަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ މެދު ވަރަށް ބޮޑަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޚާއްސަކޮށް، ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް އިދާރާތަކުން ވަނީ އެދިފައެވެ.


