މ. އަތޮޅުގެ 7 ރަށެއްގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ހަވާލުވެއްޖެ
21 ޖޫން 2026 - 17:17

މ. އަތޮޅުގެ 7 ރަށެއްގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓޭޓް އިލްކްޓްރޯނިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ)އިން މިއަދު ރަސްމީކޮށް ހަވާލުވެއްޖެއެވެ.
ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ހަވާލުވެފައިވާ ރަށްތަކަކީ،ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލި، ވޭވަށު ނާލާފުށި އަދި ރަތްމަންދޫ އެވެ.މި ރަށްތަކުގައި ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމުގައިިސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއި ކުރެެއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަފީފް ހުސައިންއެވެ.

Ad by Hajj Corporation

ފެނަކަ ކޯޕަރޭޝަނުން ކުރިން ޔުޓީލިޓީ ހިދުމަތް ދެމުންއައި މިރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވަނީ، ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމުގެ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން.


