logo
Bank of Maldives

Bank of Maldives

ޚަބަރު

މި މަހު އެކި ދުވަސްތަކުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓް ކެނޑިދާނެ

އަޙުމަދު ރިޝާން
20 ޖުލައި 2026 - 14:01
 މި މަހު އެކި ދުވަސްތަކުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓް ކެނޑިދާނެ

 ހުޅުމާލެ 2ވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އިތުރަށް ރަގަޅު ކުރުމަށް ޓެކްނިކަލް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާތީ ކަރަންޓް ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް، ސްޓެލްކޯއިން ބުނެފި އެވެ.

އެކުންފުނިން ބުނީ މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައި މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ.ސްޓެލްކޯއިން ބުނީ މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ހުޅުމާލެ 2ވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން މައާފަށް އެދޭ ކަމަށެވެ. މިފަދަ މަސައްކަތްތަކަކީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ ކަމަކަށްވާތީ މިކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ސްޓެލްކޯއިން ވަނީ ޝުކުރު ވެސް އަދާ ކޮށްފަ އެވެ.

އެކުންފުނިން ބުނީ މި މަސައްކަތަކީ ހުޅުމާލެ 2ވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން އެ ކުންފުންޏާއި ރަސްމީކޮށް ހަވާލުކުރުމާއި ގުޅިގެން އެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތަކެއް ކަމަށެވެ.ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ނެޓްވޯކާ ސްޓެލްކޯއިން ހަވާލުވެފައިވަނީ މިދިޔަ މަހު އެވެ. މާލެ ސަރަޙައްދުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ސްޓެލްކޯއިން އަންނަނީ، މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ފަށާއފައިވާ ކަމަށް ސްޓްލްކޯއިން މައުލޫމާތުދެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި މަހު އެކި ދުވަސްތަކުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓް ކެނޑިދާނެޚަބަރު | 14 ގަޑިއިރު ކުރިންމ. އަތޮޅުގެ 7 ރަށެއްގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ހަވާލުވެއްޖެވިޔަފާރި | މަހެއް ކުރިންމަގު ކޮންނަ ނަމަ މަގު ކޭބަލްތަކަށް ސަމާލުވުމަށް ސްޓެލްކޯއިން އެދިއްޖެޚަބަރު | 3 މަސް ކުރިންއަނިޔާވި ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށްޚަބަރު | 8 މަސް ކުރިން