logo
Bank of Maldives

Bank of Maldives

ޚަބަރު

މުޅި ރާއްޖޭގެ ޔޫޓިލިޓީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސާވޭކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

އަޙުމަދު ރިޝާން
17 ސެޕްޓެމްބަރު 2026 - 09:39
މުޅި ރާއްޖޭގެ ޔޫޓިލިޓީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސާވޭކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

މުޅި ރާއްޖޭގެ ޔޫޓިލިޓީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސާވޭކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި އެވެ.

ސަރުކާރުންވަނީ ފެނަކަ އުވާލައި، ރާއްޖޭގެ ހުރިހާ ރަށެއްގެ ޔޫޓިލިޓީގެ ޚިދުމަތް ސްޓެލްކޯގެ ދަށުން ފޯރުކޮށްދިނުމަށް ނިންމަވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަށްރަށަށް ޔޫޓިލިޓީގެ ހިދުމަތް ދެމުންދިޔަ ފެނަކަ އުވާލުމަށް ނިންމާ، އެ ޚިދުމަތް ސްޓެލްކޯގެ ދަށުން ދިނުމަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިމަހުގެ 7 ވަނަ ދުވަހު އެވެ. އެ ނިންމެވުމާ ގުޅިގެން ސްޓެލްކޯއިން އަންނަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޔޫޓިލިޓީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ. އެގޮތުން، އަލަށް އެ ކުންފުންޏާ ހަވާލުވާ ރަށްރަށުގެ ހާލަތު ދެނެގަތުމުގެ ސަރވޭތައް މިހާރު ކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން ސްޓެލްކޯގެ ޓީމުތަކުން އައްޑޫ ސިޓީއާއި ތިނަދޫ ސިޓީގެ ޔޫޓިލިޓީގެ ޚިދުމަތްތަކާ ބެހޭ ސަރވޭތައް ކުރަމުންދާކަމަށް އެ ކުންފުނިން ވިދާޅުވެ އެވެ.

 

View post on Twitter

 

ފެނަކަ އުވާލައި ސްޓެލްކޯގެ ދަށަށް އެ މަސައްކަތް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުންނެވެ. ކުރީ ސަރުކާރުތަކުން ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ނެގުމުގެ ސަބަބުން ކުންފުނިތަކުގެ ހަރަދު ބޮޑުވެ، ހިންގުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި، މި ބަދަލާއެކު، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކޮށް ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ކުރިން ސަރުކާރުވަނީ 4 އަތޮޅެއްގެ ޔޫޓިލިޓީގެ ކަންކަން އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ.  

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޅި ރާއްޖޭގެ ޔޫޓިލިޓީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސާވޭކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިން މި މަހު އެކި ދުވަސްތަކުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓް ކެނޑިދާނެޚަބަރު | 2 މަސް ކުރިންމ. އަތޮޅުގެ 7 ރަށެއްގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ހަވާލުވެއްޖެވިޔަފާރި | 3 މަސް ކުރިންމަގު ކޮންނަ ނަމަ މަގު ކޭބަލްތަކަށް ސަމާލުވުމަށް ސްޓެލްކޯއިން އެދިއްޖެޚަބަރު | 5 މަސް ކުރިން