އީސީގެ މެންބަރުކަމަށް އައްޔަންކޮށްފިނަމަ ހުރިހާ ޕާޓީތަކަށް މަޝްވަރާގެ ފުރުސަތު ހޯދައިދޭނަން: ޝަކީލް
22 ޖޫން 2026 - 11:52

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރައްވައިފިނަމަ، ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ކަންބޮޑުވުންތައް ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރިހަމަ ފުރުސަތު ހޯދައިދެއްވާނެ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. ޝަކީލް މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުގެ މަޤާމަށް އޭނާ ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބޭއްވި އިންޓަވިއުގައެވެ.
މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ބޭނުންވޭ
ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަކީލް ވިދާޅުވީ، މީގެ ކުރިންވެސް އޭނާ އެ ކޮމިޝަނުގެ މެންބަރުކަން ކުރެއްވީ މިނިވަންކަމާއި ނަޒާހަތްތެރިކަމާއެކު ކަމަށެވެ. އަދި އޭރު މަޤާމުން އިސްތިއުފާ ދެއްވީ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތްކަމަށް ޤަބޫލުކުރެވުމުން ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މަޤާމުން އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.ޕާޓީތަކާ އޮންނަ ގުޅުން ހަރުދަނާކުރުން
ސިޔާސީ ޕާޓީތަކާއި ކޮމިޝަނާ ދެމެދު އުފެދޭ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަކީލް ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:ޝަކީލަކީ މީގެ ކުރިން 2014 އިން 2018 އަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާ، އަދި އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ.- ކޮމިޝަނުން އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ހުރިހާ ފަރާތްތަކަށް ފޯރުކޮށްދިނުން.
- ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ކަންބޮޑުވުންތައް ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރުސަތު ހޯދައިދިނުން.
- ޕާޓީތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި، އުސޫލުތަކުގެ ތެރެއިން ހަރަކާތްތައް ހިންގުމަށް ބާރުއެޅުން.
- ޕާޓީތަކުގެ އާންމު މެންބަރުން ޤާނޫނުތަކާއި ގަވާއިދުތަކަށް ހޭލުންތެރިކުރުވުން.

Ad by Hajj Corporation
ޝަކީލަކީ މީގެ ކުރިން 2014 އިން 2018 އަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާ، އަދި އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ.


