logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީސީބީގެ މެންބަރުކަމަށް ޒައިނާ އައްޔަނުކޮށްފި

މަރިޔަމް މާޙީ
24 ޖޫން 2026 - 05:52
ޕީސީބީގެ މެންބަރުކަމަށް ޒައިނާ އައްޔަނުކޮށްފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރުކަމަށް ބޭންކިންގ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ ގއ. ދާންދޫ، އަމާޒް، ޒައިނާ ޢަބްދުﷲ އައްޔަނުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި މަޤާމަށް ޒައިނާ އައްޔަނުކުރައްވާފައިވަނީ 23 ޖޫން 2024 ގައެވެ. ޒައިނާ މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ ބޭންކިންގ ދާއިރާގެ ތަޖުރިބާކާރު މެންބަރެއްގެ ހައިސިއްޔަތުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޒައިނާ ޢަބްދުﷲ އަކީ ބޭންކިންގ އަދި ފައިނޭންސް ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން، ޚާއްޞަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިންގ އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަރނަންސްގެ ދާއިރާގައި އެނާ ވަނީ މަސައްކަތް ކޮށްފައެވެ.

View post on Twitter

ޕީސީބީގެ މެންބަރުކަމަށް އައްޔަނުކުރެވުނުއިރު، ޒައިނާ ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގގެ މަޤާމުގައެވެ.

ޕީސީބީއަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ބޯޑެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޓީޑީސީގެ އެމްޑީ އަކަށް ޙާރިޘް މުޙައްމަދު އައްޔަނުކޮށްފިޚަބަރު | 12 ދުވަސް ކުރިންސަރުކާރު ތިން ކުންފުންޏަކަށް ބޯޑު މެމްބަރުން އައްޔަން ކޮށްފިޚަބަރު | 18 ދުވަސް ކުރިންއެސްއޯއީތަކުގެ ހިންގުން ހަރުދަނާކުރުމަށް، އޯޓީގެ އުސޫލުތައް އިސްލާހުކުރުމަށް ޕީސީބީއިން އަންގައިފިޚަބަރު | 20 ދުވަސް ކުރިންތިން މަސްތެރޭ 33 އިންސައްތަ މުވައްޒަފުން މަދުކުރަނީ، މުވައްޒަފުން މަދުކުރާ ގޮތް ގާތުން ބަލާނަން: ޕީސީބީޚަބަރު | 23 ދުވަސް ކުރިން