ވޭޕް މަނާކުރުމުން ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް މަރްޙަބާ ކިޔައިފި

.jpg&w=3840&q=75)
16 އޮކްޓޯބަރު 2024 - 06:54
ރާއްޖޭގައި ވޭޕް މަނާކުރަން ނިންމުމުން ޑަބްލިއުއެޗްއޯ އިން މަރްޙަބާ ކިޔައިފިއެވެ.
ރާއްޖޭގައި ވޭޕް މަނާކުރުމަށް ނިންމަވާފައިވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ. އެގޮތުން މި އަންނަ މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕާއި ވޭޕުގެ ބައިތައް އެތެރެކުރުން މަނާކޮށްފައިވާއިރު، މި އަންނަ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ވޭޕު މުޅިން މަނާކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
އެކަމަށް އިޝާރަތްކުރަމުން ޑަބްލިއުއެޗްއޯ އިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، ވޭޕް ބޭނުން ކުރުން މަނާކުރުމަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި އިތުރު ވަމުން އަންނަ ވޭޕު ބޭނުންކުރުމުގެ ސަގާފަތް ހުއްޓުވުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
އެގޮތުން މީގެ ފަސް އަހަރު ކުރިން ހެދި ގްލޯބަލް ޔޫޓް ޓޮބޭކޯ ސާވޭއާ ހަވާލާދީ އެ އިދާރާއިން ބުނީ، ރާއްޖޭގެ 13 އަހަރާއި 15 އަހަރުގެ ކުދިންގެ ތެރެއިން، 23.1 އިންސައްތަ ފިރިހެން ކުދިން އަދި 10.7 އިންސައްތަ އަންހެން ކުދިންނަކީ އީ ސިގިރެޓް ނުވަތަ ވޭޕް ބޭނުންކުރާ ކުދިން ކަމަށެވެ.
އަދި މި ސަރަހައްދުގެ ގައުމުތަަކުގެ ޒަވާނުންނާއި ފުރާވަރުގެ އުމުރުގެ ކުދިންގެ މެދުގައި އީ-ސިނގިރޭޓް ނުވަތަ އިލެކްޓްރޯނިކް ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް) އާއި އިލެކްޓްރޯނިކް ނޮން-ނިކޮޓިން ޑެލިވަރީ ސިސްޓަމް (އީއެންޑީއެސް) އާއި ހޫނު ދުންފަތުގެ ބާވަތްތައް (އެޗްޓީޕީ) އަދި ނިކޮޓިން ޕައުޗް (އެންޕީ) ފަދަ ނޮވެލް އަދި އިމާޖިން ނިކޮޓިން އެންޑް ޓޮބެކޯ ޕްރޮޑަކްޓްސް (އެންޕީ) ބޭނުންކުރުން އިތުރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.
އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުރިހާ ވައްތަރަކީ ވެސް ގެއްލުންހުރި އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ކެންސަރާއި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާ ބޮޑު ކަމެއް ކަމުގައި ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްފައިވާއިރު، ރާއްޖޭގައި ދުންފަތް ބޭނުންކުރުން މަދުކޮށް އަދި ދުންފަތް ބޭނުންކުރުން ހަރުކަށި ކުރުމަށް ވެސް ނިންމުންތަކެއް ނިންމާފައެވެ. އެގޮތުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓު ޑިއުޓީގެ ސްޕެސިފިކް ރޭޓު 3ރ. އިން 8ރ.އަށް މަތިކުރުމަށް ނިންމާފައިވާއިރު، އެ ބަދަލާއެކު ސިނގިރޭޓު ފޮށިތައް ގަންނަން ލިބޭ އަގު ވެސް 100 ރުފިޔާއަށް ވުރެ ބޮޑުވާނެއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
7 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
7 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
7 މަސް ކުރިން