logo
Bank of Maldives

Bank of Maldives

ދުނިޔެ

ފްރާންސްގައި މިއުޒިކް ފެސްޓިވަލެއްގައި ބޮޑު ހަމަނުޖެހުމެއް، ވަޅިން ހަމަލާދިނުމާއި ޖިންސީ ގޯނާއާއި ފޭރުމުގެ ޢަމަލުތައް ހިންގި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 ޖޫން 2026 - 11:25
ފްރާންސްގައި  ބޮޑު ހަމަނުޖެހުމެއް، ވަޅިން ހަމަލާދިނުމާއި ޖިންސީ ގޯނާއާއި ފޭރުމުގެ ޢަމަލުތައް ހިންގި

ފަރަންސޭސިވިލާތުގައި ބޭއްވި އެންމެ ބޮޑު އައުޓްޑޯ މިއުޒިކް ފެސްޓިވަލް، 'ފެޓް ޑި ލަ މިއުޒިކް' ތެރޭގައި ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކަކާ ގުޅިގެން 240 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ. މި ހަރަކާތުގެ ތެރޭގައި ވަޅިން ހަމަލާދިނުމާއި، ޖިންސީ ގޯނާކުރުމާއި، އަދި ފޭރުމުގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި 40 އަހަރުގެ ފިރިހެނަކަށާއި އަންހެނަކަށް ވަނީ ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. ފިރިހެން މީހާއަށް ހަމަލާދީފައިވަނީ ދެކުނު ހުޅަނގު ސިޓީއެއް ކަމަށްވާ ޓޫލޫސްގައެވެ. އަދި އަންހެން މީހާއަށް ހަމަލާދީފައިވަނީ އޭގެ ކުޑަވަގުތުކޮޅެއް ފަހުން އެ ސިޓީއާ ކައިރީގައި އޮންނަ ކޮލޮމިއާސްގައެވެ. މި ދެމީހުންނަށް މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެމީހުންގެ ހާލު ސްޓޭބަލް ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖިންސީ ގޯނާއާއި ސިރިންޖު ބޭނުންކޮށްގެން ދިން ހަމަލާތައް

މި ނުރައްކާތެރި ރޭގައި ދެ ރޭޕް ކޭސްއެއްގެ އިތުރުން ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. ވަކިން ހާއްސަކޮށް، 10 އަށްވުރެ ގިނަ އަންހެނުންނަށް ސިރިންޖު ބޭނުންކޮށްގެން ކޮންކަމެއްކަން ނޭނގޭ މާއްދާތަކެއް އިންޖެކްޓްކޮށްފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފައެވެ. ޕެރިހުގައި އުނަގަނޑުގައި ސިރިންޖުތަކެއް އަޅުވައިގެން ހުރި މީހަކު ހިފެހެއްޓި ނަމަވެސް، އޭނާ ވަނީ ފުލުހުންގެ ކިބައިން ސަލާމަތްވެގެން ފިލާފައެވެ.

ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި، ވަޅިން ހަމަލާދިން މީހުން ދެނެގަތުމަށްޓަކައި ފެސްޓިވަލް ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖްތައް މިހާރު ދަނީ ދިރާސާކުރަމުންނެވެ. "ވަޅި ބޭނުންކޮށްގެން މީހުންނަށް ހަމަލާދިން މީހުން ހޯދުމަށް ކެމެރާ ފޫޓޭޖްތައް ބަލަމުންދަނީ،" ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކުން ބުންޏެވެ.

ޕެރިހުގެ މަގުތަކުގައި ބޮޑެތި ގެއްލުންތަކެއް

ފްރާންސްގެ ވެރިރަށް ޕެރިހުގެ މަގުތަކުގައިވެސް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. ބައެއް މީހުން ފިހާރަތަކަށް ވަދެ ވައްކަން ކުރަން މަސައްކަތްކޮށް، ކާރުތަކުގެ ބިއްލޫރިތައް ތަޅާލާފައިވެއެވެ. އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ހަމައެކަނި ޕެރިހުންވެސް 148 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މުޅި ފްރާންސްއިން ޖުމްލަ 243 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކޮންމެ އަހަރަކު ބާއްވާ މި ފެސްޓިވަލަކީ އެތައް ހާސް ބަޔަކު ބައިވެރިވާ ބޮޑު ހަރަކާތެކެވެ. ނަމަވެސް މިއަހަރުގެ ހަރަކާތް ނިމިގެން ގޮސްފައިވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފްރާންސްގައި ބޮޑު ހަމަނުޖެހުމެއް، ވަޅިން ހަމަލާދިނުމާއި ޖިންސީ ގޯނާއާއި ފޭރުމުގެ ޢަމަލުތައް ހިންގިދުނިޔެ | 2 ގަޑިއިރު ކުރިންކޮވިޑް ކޮރަޕްޝަންގެ މައްސަލައިގައި ސްޕެއިންގެ ކުރީގެ މިނިސްޓަރަކު 24 އަހަރަށް ޖަލަށްލައިފިދުނިޔެ | 2 ދުވަސް ކުރިން1978 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޖަޕާނުން ވިސާގެ ފީ ފަސް ގުނަ ބޮޑުކޮށްފިދުނިޔެ | 3 ދުވަސް ކުރިންކެނެޑާގައި އިސްލާމްދީނަށް ފުރަށްސާރަކޮށް އިމާމަކަށް ހަމަލާދީފިދުނިޔެ | 4 ދުވަސް ކުރިން