logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީސީބީ އިން އެސްއޯއީތައް އިވެލުއޭޓު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ގޭޓްވޭަ އަފްޑޭޓުކޮށްފި

މަރިޔަމް މާޙީ
26 ޖޫން 2026 - 14:22
ޕީސީބީ އިން އެސްއޯއީތައް އިވެލުއޭޓު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ގޭޓްވޭަ އަފްޑޭޓުކޮށްފި

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސް.އޯ.އީ) މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، "އެސް.އޯ.އީ ގޭޓްވޭ" މެދުވެރިކޮށް އޮޓޮމޭޓެޑް އީމެއިލް ނޮޓިފިކޭޝަން ފޮނުވޭނެ އިންތިޒާމު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން ހަމަޖައްސައިފިއެވެ.

ޕީ.ސީ.ބީ އިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލަކީ ކުންފުނިތަކުން ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުމުގެ މަސައްކަތް ހަލުވިކުރުމާއި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިގޮތުން، 2021 ވަނަ އަހަރުން ފެށިގެން ހުށަހަޅާ ހުރިހާ އޮޑިޓް ރިޕޯޓުތަކާއި، 2026 ވަނަ އަހަރުން ފެށިގެން ހުށަހަޅާ ހުރިހާ ކުއާޓަރލީ ރިޕޯޓުތަކެއް ހުށަހަޅަންޖެހޭނީ ހަމައެކަނި މި ގޭޓްވޭ މެދުވެރިކޮށް ކަމަށް އެ ބޯޑުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލަށް ތައާރަފުކުރެވުނު އީމެއިލް އެލާޓްތަކުގެ ތެރޭގައި މުހިންމު ތިން ބަދަލެއް ހިމެނެއެވެ.

ފުރަތަމަ ކަމަކީ ލިޔެކިޔުންތައް އަޕްލޯޑްކުރުމުގެ އެލާޓެވެ. ކުންފުނިތަކުގެ އެޑްމިން ޔޫޒަރުން ލިޔެކިޔުމެއް އަޕްލޯޑް ކުރުމުން، އެކަމުގެ ނޮޓިފިކޭޝަން ލިބި، ކުންފުނީގެ އެތެރޭގެ ހުއްދަތައް ހޯދުމުގެ މަރުހަލާ އަވަސްވެގެންދާނެއެވެ.

ދެވަނަ ކަމަކީ ރިޕޯޓް ހުށަހަޅާ މަރުހަލާގެ އަދާހަމަ ދިނުމެވެ. ހުށަހަޅާފައިވާ ރިޕޯޓެއް ޕީ.ސީ.ބީ އިން ބަލައިނުގަނެ ރިޖެކްޓްކޮށްފި ނަމަ، އެ ކުންފުންޏެއްގެ ސީ.އެސް، އެޑްމިން އަދި ސްޓޭންޑަޑް ޔޫޒަރުންނަށް ވަގުތުން އީމެއިލް މެދުވެރިކޮށް އެކަން އަންގާނެއެވެ.

މީގެ އިތުރުން، ރިޕޯޓުތައް ހުށަހަޅަންޖެހޭ ސުންގަޑިތަކަށް ސަމާލުކަން ދިނުމުގެ ގޮތުން، އޮޑިޓް ރިޕޯޓާއި ކުއާޓަރލީ ރިޕޯޓު ހުށަހަޅަންޖެހޭ ތާރީޚު ކައިރިވުމުން، ދެ ފަހަރެއްގެ މަތިން ސިސްޓަމުން އޮޓޮމެޓިކުން ހަނދާންކޮށްދޭނެ (ރިމައިންޑަރ) އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

ނޮޓިފިކޭޝަން ނިޒާމު އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ޕީ.ސީ.ބީ އިން ކުރަމުންދާއިރު، މިހާރު ތައާރަފުކުރެވުނު ފީޗާތަކާއެކު އެސް.އޯ.އީތައް މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޕީސީބީން ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީސީބީ އިން އެސްއޯއީތައް އިވެލުއޭޓު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ގޭޓްވޭަ އަފްޑޭޓުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންޕީސީބީގެ މެންބަރުކަމަށް ޒައިނާ އައްޔަނުކޮށްފިޚަބަރު | 2 ދުވަސް ކުރިންޕީސީބީގެ ރައީސްކަމަށް ނިޒާރު އަލުން އައްޔަންކޮށްފިޚަބަރު | 2 މަސް ކުރިންސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް ޑރ. ޢަލީ އަޒްވަރު އަންޔަންކޮށްފިޚަބަރު | 2 މަސް ކުރިން