ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުއްލި ނުރައްކަލަށްވާންޖެހޭ ތައްޔާރީތައް އިތުރަށް ހަރުދަނާ ކުރަނީ
28 ޖޫން 2026 - 11:12

ކުއްލި ނުރައްކަލަށްވާންޖެހޭ ތައްޔާރީތައް އިތުރަށް ހަރުދަނާ ކުރުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަމާ ގުޅުންހުރި އިދާރާތަކާ އެކު މިއަދު އެއްބަސްވުންތަކެއް ގާއިމުކޮށްފި އެވެ.

Ad by Hajj Corporation
މި ރަސްމިޔާތް ކުރިޔަށް ގެންގޮސްފައި ވަނީ "އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓް" ގެ ނަމުގަ އެވެ. ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި (އެމްއޭސީއެލް) އިން އެއްބަސްވުން ގާއިމުކޮށްފައިވާ އިދާރާތަކަކީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ކުއްލި ނުރައްކަލުހެ ހާލަތްތަކަށް އެއަރޕޯޓުން ވެފައިވާ ތައްޔާރީތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެ އެވެ. އެމްއޭސީއެލް އިން އިތުރަށް ބުނީ ރާއްޖޭގެ މައި އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމާއި، މުޢާމަލާތުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހުގެ އިތުރުން އެކުންފުނީގެ އިސްވެރިންނާއި ކަމާގުޅޭ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެފައިވެ އެވެ.
މި އެއްބަސްވުންތަކުގެ ދަށުން އެމްއޭސީއެލް އާއި އެހެނިހެން އިދާރާތަކާ ދެމެދު ރަސްމީ އޮނިގަނޑެއްގެ ތެރެއިން އެއްބާރުލުން ދިނުމަށް މަގުފަހިވެގެންދާނެ އެވެ. މީގެ ތެރޭގައި ކޮންމެ މުއައްސަސާއެއްގެ ދައުރު ސާފުކޮށް ކަނޑައެޅުމާއި، ކުއްލި ހާލަތްތަކުގައި ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތަކާއި ސިމިއުލޭޝަންތައް ހިންގުން ހިމެނޭނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެ އެވެ.
އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިފަދަ ހާލަތަކަށް ތައްޔާރުވެފައިވާ، ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އެކުންފުނިން އަބަދުވެސް މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.


