logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޔޫސްޓާކިއޯގެ ލަނޑާއެކު ކެނެޑާ ފުރަތަމަ ފަހަރަށް ގަދަ 16 އަށް

އަބްދުﷲ ޣާނިމް
29 ޖޫން 2026 - 04:08
ޔޫސްޓާކިއޯގެ ލަނޑާއެކު ކެނެޑާ ފުރަތަމަ ފަހަރަށް ގަދަ 16 އަށް

ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ދެކުނު އެފްރިކާ އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ ފުރަތަމަ ފަހަރަށް މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށް ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. ލޮސް އެންޖެލިސްގައި ކުޅުނު މި މެޗުގައި ކެނެޑާ މޮޅުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ސްޓެފަން ޔޫސްޓާކިއޯއެވެ.

މުޅި މެޗުގައިވެސް ކެނެޑާއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ދެކުނު އެފްރިކާގެ ވަރުގަދަ ޑިފެންސާއި ގޯލްކީޕަރު ރޮންވެން ވިލިއަމްސްގެ ހުށިޔާރުކަމުން މެޗުގެ ބޮޑުބައި ނިމުނީ ލަނޑެއް ނުޖެހިއެވެ. މިއީ މި ދެ ގައުމުވެސް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރެއްގައި ކުޅުނު ފުރަތަމަ މެޗެވެ. މި މޮޅާއެކު ޖެސީ މާޝްގެ އިރުޝާދުގެ ދަށުން ކުޅޭ ކެނެޑާ އަންނަ ހޮނިހިރު ދުވަހު ކުއާޓާ ފައިނަލުގެ ޖާގައަކަށް ނުކުންނާނީ ނެދަލެންޑްސް ނުވަތަ މޮރޮކޯއާ ދެކޮޅަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގައި ކެނެޑާގެ މޮއިސް ބޮމްބިޓޯ ބޮލުން ފޮނުވާލި ހަމަލާއެއް ދެކުނު އެފްރިކާގެ އައުބްރީ މޮޑީބާ ވަނީ ގޯލްގެ ރޮނގުމަތިން ދިފާއުކޮށްފައެވެ. އަދި ދެވަނަ ހާފުގައި ޓާނީ އޮލުވަސޭއީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކީޕަރު ވިލިއަމްސް ހުއްޓުވިއިރު، ޖޮނަތަން ޑޭވިޑަށް ލިބުނު ފުރުސަތު ދެކުނު އެފްރިކާގެ ޑިފެންޑަރުން ވަނީ ހުށިޔާރުކަމާއެކު ބޭރުކޮށްލާފައެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ކެނެޑާގެ ތަރި އަލްފޮންސޯ ޑޭވީސް ކުޅެން އެރި ނަމަވެސް، ދެކުނު އެފްރިކާގެ ޑިފެންސް ފޫއަޅުވާލަން ކެނެޑާއަށް އުނދަގޫވިއެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި، އޭރިއާ ބޭރުން ލިބުނު ބޯޅައެއް ކެޕްޓަން ޔޫސްޓާކިއޯ ވަނީ ވަރަށް ރީތިކޮށް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ކެނެޑާއަށް އުފާވެރިކަން ގެނެސްދީފައެވެ.

މި މެޗުގައި ދެކުނު އެފްރިކާގެ ކީޕަރު ވިލިއަމްސް ވަނީ ވޯލްޑް ކަޕް މެޗެއްގައި ކީޕަރަކު އެންމެ ގިނަ ޕާސް (77 ޕާސް) ޖެހުމުގެ ރެކޯޑު މުގުރާލާފައެވެ. އަދި ޔޫސްޓާކިއޯ ވަނީ 2006 ވަނަ އަހަރު އަންދްރެއާ ޕިރްލޯއަށްފަހު، ވޯލްޑް ކަޕް ނޮކްއައުޓް މެޗެއްގައި ސެޓް-ޕީސްތަކުން 5 ފުރުސަތު ތަނަވަސްކޮށްދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

މި ތާރީޚީ މޮޅާއެކު ކެނެޑާ މިހާރު ތައްޔާރުވަމުންދަނީ އަންނަ ހޮނިހިރު ދުވަހު އޮންނަ ކުއާޓާ ފައިނަލް މެޗަށެވެ. މުބާރާތް ބާއްވާ ގައުމެއްގެ ހައިސިއްޔަތުން ކެނެޑާގެ މި ކުރިއެރުމަކީ އެގައުމުގެ ފުޓްބޯޅަ ތާރީޚުގައި ލިޔެވިގެންދާނެ ރަން އަކުރުތަކެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔޫސްޓާކިއޯގެ ލަނޑާއެކު ކެނެޑާ ފުރަތަމަ ފަހަރަށް ގަދަ 16 އަށްކުޅިވަރު | 2 ގަޑިއިރު ކުރިންވޯލްޑް ކަޕް ތާރީޚުގައި އީރާނަކީ އެންމެ ނަސީބު ދެރަ ޓީމުބާ؟ކުޅިވަރު | 20 ގަޑިއިރު ކުރިންވަރުގަދަ އުރުގުއާއީވެސް ހިފަހަށްޓައި ކާބޯ ވާޑް ތާރީޚުގެ ތެރެއަށްކުޅިވަރު | 7 ދުވަސް ކުރިންފަހަތުން އަރައި މޮޅުވެ މިޞްރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި މޮޅެއް ހޯދައި ގްރޫޕްގެ އެއްވަނައަށްކުޅިވަރު | 7 ދުވަސް ކުރިން