logo
MPL

MPL

ޚަބަރު

ޑިޖިޓަލައިޒް ކުރާ ބިލުން ވެސް އެނގެނީ މި ސަރުކާރުގެ ނިޔަތް ވަރަށް ސާފުކަން: ޝާޑް

މުހައްމަދު މޫސާމުހައްމަދު މޫސާ
30 ޖޫން 2026 - 20:47
ޑިޖިޓަލައިޒް ކުރާ ބިލުން ވެސް އެނގެނީ މި ސަރުކާރުގެ ނިޔަތް ވަރަށް ސާފުކަން: ޝާޑް

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވާފައިވާ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލަކީ މި ސަރުކާރުގެ ނިޔަތް ސާފުކަން ހާމަކޮށްދޭ ހެއްކެއް ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރައްވަމުން ޝާހިދު ވިދާޅުވީ، ރާއްޖެ މިހާރު ދަތުރުކުރަމުންދަނީ ތަރައްޤީގެ ވަރަށް ބާރު މިނެއްގައި ކަމަށާއި، މި ބިލުގެ މައިގަނޑު ބޭނުމަކީ އެ ތަރައްޤީއާ އެއްވަރަށް ޚިދުމަތްތައް ޒަމާނީކޮށް ހަރުދަނާކުރުން ކަމަށެވެ. ޚާއްޞަކޮށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ދައްކަވާ ކޮރަޕްޝަނުގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، މި ބިލުގެ ސަބަބުން ކޮރަޕްޝަނަށް އޮތް މަގުތައް ބަންދުވެގެންދާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝާހިދު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ދެފުށް ފެންނަ، ކޮރަޕްޝަނަށް އެއްގޮތަކަށް ވެސް މަގުފަހިނުވާނެ ގޮތަކަށް ސަރުކާރުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށެވެ. "އަޅުގަނޑުމެންގެ ނިޔަތް ވަރަށް ސާފު. އަދުގެ ސަރުކާރުން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ދެފުށްފެންނަ، ވަރަށް ކޮރަޕްޝަނަށް އެއްގޮތަކަށް ވެސް މަގުފަހިނުވާ ގޮތަށް ރައްޔިތުންނަށް އެނގޭ ގޮތަށް ހުރިހާ މަޝްރޫޢުތައް ހިންގުން،" ޝާހިދު ވިދާޅުވިއެވެ.

މިހާރުގެ ނިޒާމު އޮތްގޮތުން ގިނަ މަޝްރޫޢުތަކަކަށް ބިޑުކުރުމާއި ފޯމު ހުށަހެޅުމުގައި ކަރުދާސް ފައިލްތައް ހިފައިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ޖެހޭކަން ފާހަގަކުރައްވައި، ޝާހިދު ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ސަބަބުން މި އުނދަގޫތައް ނައްތާލެވި، ކޮންމެ ތަނެއްގައި ހުރެގެން ވެސް ސަރުކާރުގެ ޚިދުމަތްތައް ލިބޭނެ މަގު ފަހިވާނެ ކަމަށެވެ.

މި ބަދަލާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ކުރާ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ، އުމުރުން ދޮށީ ބޭފުޅުންނަށް މިކަން އުނދަގޫވެދާނެ ކަމަށް ބުނެ ތަރައްޤީ ހުއްޓުވައިގެން ތިބެވެން ނެތް ކަމަށެވެ. އަދި އަބަދުވެސް ބަލަންވާނީ އަންނަން އޮތް ޖީލުތަކަށް ކަމަށާއި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް ސަރުކާރުގެ އޮނިގަނޑުތައް ބައްޓަންވަމުންދަނީ މިފަދަ ޑިޖިޓަލް ނިޒާމުތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބިލަކީ ރާއްޖޭގެ އިދާރީ ހިންގުން ޒަމާނީކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޝާހިދު ސިފަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޞިއްޙަތާ ގުޅުންހުރި ކަންކަމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އިސްކަންދޭ އެއް ދާއިރާ: ޝާހިދުޚަބަރު | ގަޑިއިރެއް ކުރިންހޮސްޕިޓަލްތަކުގެ ފަންކާއިން ދަބަރު ފޭބިއިރު ވެސް އެމްޑީޕީން 200 ބިލިއަނުގެ ބަޖެޓަށް ހެދި ގޮތެއް ނޭނގުނު: ޝުޖާއުޚަބަރު | 17 ގަޑިއިރު ކުރިންގަންނަ ފަރާތްތަކުގެ ފައިސާ ރައްކާކޮށްދޭ ރިއަލް އެސްޓޭޓް ބިލެއް މަޖިލީހަށްކޯޓް ރޫމް | 18 ގަޑިއިރު ކުރިން2028 ގެ ނިޔަލަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު: މަމްދޫޙުޚަބަރު | ދުވަހެއް ކުރިން