logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނާއި ލުބުނާނުގެ މައްސަލައިގައި ޤަޠަރާއި އެމެރިކާއިން ދޯހާގައި މަޝްވަރާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ޖުލައި 2026 - 10:36
އީރާނާއި ލުބުނާނުގެ މައްސަލައިގައި ޤަޠަރާއި އެމެރިކާއިން ދޯހާގައި މަޝްވަރާކޮށްފި

އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާއި، ސަރަޙައްދީ ހަމަޖެހުން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލް ޘާނީ، އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނަރާ ދޯހާގައި ބައްދަލުކުރައްވައިފިއެވެ. އަންގާރަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، އިސްލާމްއާބާދު ފަހުމުނާމާގެ ދަށުން އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ ވާހަކަތަކުގެ އެންމެ ފަހުގެ ތަފްސީލުތައް ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ސަރަޙައްދީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން، ޚާއްޞަކޮށް ލުބުނާނުގައި އިޢުލާންކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ލުބުނާނުގެ އެއްބައިވަންތަކަމާއި ސިޔާދަތު އަދި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މި އެއްބަސްވުމަށް އިޙްތިރާމްކުރުމުގެ މުހިންމުކަން ދެ ގައުމުން ފާހަގަކުރިއެވެ. މިދިޔަ ހުކުރު ދުވަހު ބައިރޫތާއި ތަލް އަބީބުން ވަނީ އެމެރިކާ މެދުވެރިވެގެން ލުބުނާނުގެ ސަރަޙައްދުތަކުން އިސްރާއީލް ސިފައިން ބޭލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޤަޠަރުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ސަރަޙައްދީ ސަލާމަތާއި ރައްޔިތުންގެ މަސްލަޙަތު ހިމާޔަތްކުރުމަށްޓަކައި ޤަޠަރުން މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި ދެމިއޮންނާނެ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ މަންދޫބުން ވަނީ އީރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ޕާކިސްތާނާއެކު ޤަޠަރުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުން ބައްދަލުވުމަކަށް އެދިފައިވާކަމަށް ވިދާޅުވި ނަމަވެސް، އީރާނުން ވަނީ އެމެރިކާއާއެކު ސީދާ މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަގާއީ ވިދާޅުވީ، ބުދަ ދުވަހު ދޯހާގައި އީރާނުގެ މަންދޫބުން ބައްދަލުކުރާނީ ޤަޠަރުގެ މެދުވެރިންނާ ކަމަށާއި، އެއީ ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމަށެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ވެފައިވާ މި ފަހުމުނާމާއަކީ ޕާކިސްތާނު މެދުވެރިވެގެން ޖޫން 18 ވަނަ ދުވަހު ރައީސް ޓްރަމްޕާއި ރައީސް މަސްޢޫދު ޕެޒެޝްކިއަން ސޮއިކުރެއްވި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ހަނގުރާމަ ހުއްޓާލުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ނިއުކްލިއާ މައްސަލައިގެ އިތުރުން ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

"

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާއި ލުބުނާނުގެ މައްސަލައިގައި ޤަޠަރާއި އެމެރިކާއިން ދޯހާގައި މަޝްވަރާކޮށްފިދުނިޔެ | 2 ގަޑިއިރު ކުރިންފްރާންސްގައި ބޮޑު ހަމަނުޖެހުމެއް، ވަޅިން ހަމަލާދިނުމާއި ޖިންސީ ގޯނާއާއި ފޭރުމުގެ ޢަމަލުތައް ހިންގިދުނިޔެ | 6 ދުވަސް ކުރިންކޮވިޑް ކޮރަޕްޝަންގެ މައްސަލައިގައި ސްޕެއިންގެ ކުރީގެ މިނިސްޓަރަކު 24 އަހަރަށް ޖަލަށްލައިފިދުނިޔެ | 8 ދުވަސް ކުރިން1978 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޖަޕާނުން ވިސާގެ ފީ ފަސް ގުނަ ބޮޑުކޮށްފިދުނިޔެ | 9 ދުވަސް ކުރިން