ކަަނޑުމަތީ އޮޔާ ދިޔަ ޓޫރިސްޓަކު ސަލާމަތްކޮށްފި
1 ޖުލައި 2026 - 17:11

ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޗައިނާގެ ފަތުރުވެރިއަކު އޮޔާ ދަނިކޮށް ފުލުހުންނަށް ފެނިގެން މިއަދު ސަލާމަތްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެ މީހާ ސްނޯކްލިންއަށް އެރި އުޅެނިކޮށް އޮޔާ ދިއުމުގެ ސަބަބުންނެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރިސޯޓުގެ ނަން ހާމަނުކޮށް، އެ މީހާ ފެނިފައިވަނީ 'ޕޮލިސް ލޯންޗް 54' މާލެއިން ދ. ވާނީއަށް ދަތުރުކުރަނިކޮށް ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ފެނުނުއިރު އޮތީ އޭނާ މޫދަށް އެރި އުޅުނު ރިސޯޓަށްވުރެ މޭލެއްހާ ދުރަށް އޮޔާ ގޮސްފައެވެ.

Ad by Hajj Corporation
"ފަޅުވެރިން ވަގުތުން އެކަން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަހު ވަނީ އަނބުރާ ރިސޯޓަށް ގެންގޮސްފައި. އޭނާއަށް އެއްވެސް ގެއްލުމެއް ވެފައެއް ނެތް،" ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ މޫދަށް އެރި އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މޫދަށް އެރި އުޅޭއިރު އެކަމަށް ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކުގައި އުޅުމަށާއި، އޮއިވަރާ މެދު އަބަދުވެސް ސަމާލުވުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.


