logo
Bank of Maldives

Bank of Maldives

ޚަބަރު

ޖަޕާނުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް، ސަފީރު މަޝްވަރާ ކޮށްފި

އަޙުމަދު ރިޝާން
5 ޖުލައި 2026 - 06:50
ސަފީރު އަހުމަދު މަހްލޫފް، ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް (ޖާޓާ) ގެ ރައީސް ކުނިހަރު އެބިނާއާ ކުރެއްވި ބައްދަލު ކުރެއްވުން
ސަފީރު އަހުމަދު މަހްލޫފް، ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް (ޖާޓާ) ގެ ރައީސް ކުނިހަރު އެބިނާއާ ކުރެއްވި ބައްދަލު ކުރެއްވުން

ޖަޕާނުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް، ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހްލޫފް އެ ގައުމުގެ ޓްރެވެލް އޭޖެންޓުގެ އެސޯސިއޭޝަނާ މަޝްވަރާކޮށްފި އެވެ.

މަހުލޫފްގެ ސޯޝަލް މީޑިއާ އަށް ދޫކޮށްލެެއްވި، ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް (ޖާޓާ) ގެ ރައީސް ކުނިހަރު އެބިނާއާ އެކު ފަތުރުވެރިކަމާ ގުޅޭ އުންމީދީ، މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. މި ދެބޭފުޅުންގެ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަތަކުގެ ތެރޭގައި، ދެ ޤައުމުގެ މެދުގައި ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެއްވެވި އެވެ.

މިމަޝްވަރާތަކުގެ ތަފްސީލް ހިއްސާކުރައްވާ ސަފީރު މަޙްލޫފް ވިދާޅުވީ، ޖަޕާނު މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މަޝްވަރާ ކުރެއްވެވި ކަމަށެވެ. މީގެ އިތުރުން އެ ގައުމުގެ ޓްރެވެލް އޭޖެންޓުންނާއި ރާއްޖޭގެ ޓްރެވެލް އޭޖެންޓުންގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ. މަހުލޫފް ވިދާޅުވީ މި ބައްދަލުވުމުގެ ސަބަބުން، ރާއްޖެއާއި ޖަޕާނާއި ދެމެދު ފަތުރުވެރިކަމުގެ ދައިރާއިން އިތުރަށް ގުޅުން ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު މަދަވެފައިވާއިރު، ސަރުކާރުން އަންނަނީ ރާއްޖެ އަށް މަދުން ފަތުރުވެރިން އަންނަ މާކެޓްތައްބަލައި އެތަންތަނުން ފަތުރުވެރިން އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
 
 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖަޕާނުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް، ސަފީރު މަޝްވަރާ ކޮށްފިޚަބަރު | 2 މަސް ކުރިންކުރީގެ ވަޒީރު މަޙްލޫފް، އެމްޑީޕީން ވަކިވެވަޑައިގެންފިޚަބަރު | އަހަރެއް ކުރިންމިދިޔަ ސަރުކާރުގެ ކުޅިވަރުގެ މަޝްރޫއުތަކުގައި އިހުމާލާއި ކޮރަޕްޝަންޚަބަރު | އަހަރެއް ކުރިން