logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ މަހު މިފްކޯއަށް ކިރި މަހަށް 11.3 މިލިޔަން ރުފިޔާ ދޫކުރި

އައިޝަތު ނަޝާ
5 ޖުލައި 2026 - 07:59
މިދިޔަ މަހު މިފްކޯއަށް ކިރި މަހަށް 11.3 މިލިޔަން ރުފިޔާ ދޫކުރި

ޖޫން މަހު މިފްކޯއަށް ކިރި މަހަށް 11.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން ބުނެފި އެވެ.

މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކަޅުބިލަމަހާއި ކަންނެލި މަސްދޯނިތައް ހިމެނޭހެން ޖުމްލަ 517 ދޯންޏަކުން ޖޫން މަހު މަސްކިރުވާފައިވެ އެވެ. އަދި މި ދޯނިތަކަށް ޖުމްލަ 1،397،565 (އެއްމިލިޔަން ތިންލައްކަ ނުވަދިހަ ހަތްހާސް ފައްސަތޭކަ ފަސް ) ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

މިފްކޯއިން ބުނީ، މިދިޔަ މަހު ޖުމްލަ 568 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައިވާ ކަމަށާއި، އެގޮތުން 484.4 ޓަނުގެ ކަޅު ބިލަމަސް ކިރުވާފައިވާއިރު، 9،326،901 (ނުވަ މިލިޔަން ތިންލައްކަ ސައްބިސްހާސް ނުވަސަތޭކަ އެއް) ރުފިޔާ ދޫކޮށްފައިވެ އެވެ. މިއީ 196 ދޯންޏަކުން ކިރާފައިވާ މަހެވެ.

ދިހަ ކިލޯއިން މަތިން ބޮޑުކަންނެލި ކިރުވި 109 ދޯންޏަކަށް 331،440 ތިންލައްކަ ތިރީސް އެއްހާސް ހަތަރުސަތޭކަ ސާޅިސް) ރުފިޔާ ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި، 212 ދޯންޏަކަށް 1،674،050 ( އެއްމިލިޔަން ހަލައްކަ ހަތްދިހަ ހަތަރުހާސް ފަންސާސް) ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

 

މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ރަނގަޅުކުރުމަށް މިފްކޯއިން ކުރި މަސައްކަތުން މިހާރު ވަނީ މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސް ގަންނަ އަގު 22 ރުފިޔާ އަށްޚަބަރު | 3 ދުވަސް ކުރިންވިނަރެސްގައި މިފްކޯގެ އައު މަސްފިހާރައެއް: ހަފުތާގެ 7 ދުވަހު ޚިދުމަތް ދޭނެޚަބަރު | 14 ދުވަސް ކުރިންމަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް މިފްކޯއިން ހަދައިފިޚަބަރު | މަހެއް ކުރިން ފަސްމީރުގެ ރަހަތައް ހިމެނޭ ހަދިޔާ ޕެކެއް ތައާރަފު ކޮށްފިޚަބަރު | 2 މަސް ކުރިން