logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް މިފްކޯއިން ހަދައިފި

އަޙުމަދު ރިޝާން
11 އޯގަސްޓު 2026 - 13:42
މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް މިފްކޯއިން ހަދައިފި

މިފްކޯއަށް މަސްކިރާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މިފްކޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ރަސްމިއްޔާތުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު އަނަސްއެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ފާޠިމަތު އާޝާންއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގެ ދަށުން، އެފްއެސްއެމްގެ ފިއުލް ޝެޑްތައް ގާއިމުކޮށްފައިވާ މިފްކޯގެ މައިގަނޑު ސެންޓަރުތަކުން މިއަދުން ފެށިގެން ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ލިބޭނެއެވެ. އެގޮތުން ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މި ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ތެޔޮ ނެގުމަށްފަހު ފައިސާ ދައްކާނީ މިފްކޯއަށް މަސްކިރުވުމަށް ފަހު ލިބޭ ފައިސާއިންނެވެ. އެގޮތުން، މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ފައިސާގެ ޕޭމަންޓުން ތެލުގެ ބިލަށްވާ ފައިސާ އުނިކުރެވޭނެއެވެ.

މިފްކޯއިން ބުނީ މިއީ މަސްވެރިންގެ ފަރާތުން ވަރަށް ބޮޑަށް އެދެމުން އައި ކަމަކަށްވާތީ، މި އާ އިންތިޒާމާއެކު ތެޔޮ ގަތުމުގައި ހުރި މާލީ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މަސްވެރިންނަށް މަހަށް ފުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ވެސް މިފްކޯއިން ދެކެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް މިފްކޯއިން ހަދައިފިޚަބަރު | ގަޑިއިރެއް ކުރިން ފަސްމީރުގެ ރަހަތައް ހިމެނޭ ހަދިޔާ ޕެކެއް ތައާރަފު ކޮށްފިޚަބަރު | 13 ދުވަސް ކުރިންކަނޑުއޮތްގިރިން އައިސް ވިއްކަން ފަށައިފިޚަބަރު | 13 ދުވަސް ކުރިންމަހުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ މައި މަރުކަޒަކަށް ކަނޑުއޮތްގިރި ހަދަނީޚަބަރު | 15 ދުވަސް ކުރިން