logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެއަށް ބިންހެލުމެއް އަތުވެދާނެ ކަމަށް، މީޑިއާގައި ފަތުރަނީ ދޮގު ހަބަރެއް: މެޓް

އައިޝަތު ނަޝާ
5 ޖުލައި 2026 - 10:16
ރާއްޖެއަށް ބިންހެލުމެއް އަތުވެދާނެ ކަމަށް، މީޑިއާގައި ފަތުރަނީ ދޮގު ހަބަރެއް: މެޓް

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބިންހެލުމެއް އަތުވެދާނެ ކަމަށް، މީސް މީޑިއާގައި ދައްކާ ވާހަކަަތަކަކީ ދޮގެއް ކަމަށާއި، ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލާ ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައި ނުވާ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މި ވާހަކަތައް ފެތުރިފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ކައިރިއަށް 5.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަންނާނެ ކަމަށް ޕޭޖަކުންކުރި ޕޯސްޓަކާ ގުޅިގެން އެވެ. އެ ޕޯސްޓްގައިވާ ގޮތުން އެ ބިންހެލުުގެ އަސަރު ރާއްޖެ އަށް ވެސް ކުރާނެ އެވެ. މިކަމާ ގުޅިގެން މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ދިގުމުއްދަތަކަށް ބަލާއިރު، ބިންހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންސްވެރިންނަށް ކަނޑައެޅިދާނެ ކަމަށެވެ. ނަމަވެސް ބިންހެލުންތައް ސައިންޓިފިކް ގޮތުން ކުރިއާލާ ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ހޯދިފައި ނެތް ކަމަށް ވެސް މެޓްގެ އެ ބަޔާނުގައި ބަޔާންކޮށްފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

 

މެޓުން ބުނީ ބިންހެލުންތަކުގެ މައުލޫމާތުތައް މެދުނުކެނޑި ބަލަމުންދާ ކަމަށާއި މިގޮތުން ރާއްޖެއަށް އަސަރު ކޮށްފާނެ ފަދަ ބިންހެލުންތައް އަތުވެއްޖެނަމަ، އެ މައުލޫމާތު ލަސްނުކޮށް އާންމު ކުރާނެއް ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުން: ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކޮށް އުތުަރަށް ހުދު ސަމާލު ނެރެފިޚަބަރު | 7 ދުވަސް ކުރިންކުރިއަށް އޮތް 3 ދުވަހު ރާއްޖެއަށް ވިއްސާރަ ކުރާނެޚަބަރު | 14 ދުވަސް ކުރިންމެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު: ރާއްޖެއަށް ނުރައްކަލެއް ނެތްޚަބަރު | 21 ދުވަސް ކުރިންބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ؛ ކަނޑުތައް ގަދަވާނެ: މެޓްޚަބަރު | މަހެއް ކުރިން