logo
Bank of Maldives

Bank of Maldives

ކުޅިވަރު

10 ކުޅުންތެރިންނާއެކު ކުޅެ މެކްސިކޯ ބަލިކޮށް އިންގްލެންޑް ކުއާޓާ ފައިނަލަށް

އަބްދުﷲ ޣާނިމް
6 ޖުލައި 2026 - 03:46
10 ކުޅުންތެރިންނާއެކު ކުޅެ މެކްސިކޯ ބަލިކޮށް އިންގްލެންޑް ކުއާޓާ ފައިނަލަށް

ވޯލްޑް ކަޕްގެ ގަދަ 16 ގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 3-2 އިން ކާމިޔާބުކޮށް، ތޯމަސް ޓުޗެލްގެ އިންގްލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެއް ގަޑިއިރު ލަސްކޮށް ފެށި މި މެޗުގައި އިންގްލެންޑުން މޮޅުވީ މެޗުގެ ބޮޑު ބައެއްގައި އެކަކު މަދުކޮށް ކުޅެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ ޖޫޑް ބެލިންހަމްއެވެ. މެޗުގެ 36 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ނެގި ހުރަހަކުން ބެލިންހަމް ފުރަތަމަ ލަނޑު ޖެހިއިރު، އޭގެ 98 ސިކުންތު ފަހުން އޭނާ ވަނީ ދެވަނަ ލަނޑެއް ޖަހައި އިންގްލެންޑަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން މެކްސިކޯގެ ހޫލިއަން ކީނޯނޭސް ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއްނުވެ، 54 ވަނަ މިނެޓުގައި އިންގްލެންޑުގެ ޖަރެލް ކުއަންސާ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެކަކު މަދުވި ނަމަވެސް، 60 ވަނަ މިނެޓުގައި އެންތަނީ ގޯޑަންއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ކެޕްޓަން ހެރީ ކޭން ވަނީ އަލުން އިންގްލެންޑަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފައެވެ.

މެޗުގެ 69 ވަނަ މިނެޓުގައި މެކްސިކޯއަށް ލިބުނު ޕެނަލްޓީއަކުން ރައުލް ހިމެނޭޒް ލަނޑު ޖަހައި އަނެއްކާވެސް އިންގްލެންޑަށް ޕްރެޝަރު ބޮޑުކުރިއެވެ. ނަމަވެސް، މެކްސިކޯއިން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ކުރި މަސައްކަތްތައް އިންގްލެންޑުގެ ޑިފެންޑަރުންނާއި ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުށިޔާރުކަމާއެކު ހުއްޓުވާފައެވެ.

މި މެޗަކީ އިންގްލެންޑުގެ ކީޕަރު ޕިކްފޯޑަށް ތާރީޚީ މެޗެކެވެ. މިއީ ވޯލްޑް ކަޕްގައި އޭނާ ކުޅުނު 17 ވަނަ މެޗަށް ވާއިރު، މިއާއެކު އޭނާ ވަނީ ޕީޓާ ޝިލްޓަންގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. އަދި ހެރީ ކޭން ވަނީ މި އަހަރުގެ ވޯލްޑް ކަޕްގައި 6 ލަނޑު ހަމަކޮށް، ގޭރީ ލިނެކާގެ ރެކޯޑާ އެއްވަރުކޮށްފައެވެ.

މި މޮޅާއެކު އިންގްލެންޑް ވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ. މިއީ އެ ގައުމުން ކުއާޓާ ފައިނަލަށް ދަތުރުކުރި 11 ވަނަ ފަހަރެވެ. ކުއާޓާ ފައިނަލުގައި އިންގްލެންޑް ބައްދަލުކުރާނީ ނޯވޭއާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 ކުޅުންތެރިންނާއެކު ކުޅެ މެކްސިކޯ ބަލިކޮށް އިންގްލެންޑް ކުއާޓާ ފައިނަލަށްކުޅިވަރު | 2 ގަޑިއިރު ކުރިންހާލަންޑްގެ ދެ ލަނޑުން ބްރެޒިލް ކަޓުވާލުމަށްފަހު ނޯވޭ ކުއާޓާ ފައިނަލަށް!ކުޅިވަރު | 5 ގަޑިއިރު ކުރިންއާރިއަސްގެ ލަނޑާއެކު ކޮލަމްބިއާ މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފިކުޅިވަރު | 2 ދުވަސް ކުރިންކާބޯގެ ކުޅުންތެރިޔަކު ބައިކޮޅަށްޖެހި ގޯލާއެކު ވޯލްޑް ޗެންޕިއަން އާޖެންޓީނާ ބޮޑު ލަދަކުން ސަލާމަތްވެއްޖެކުޅިވަރު | 2 ދުވަސް ކުރިން