logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭ ފޭސް 2ގައި ދޫކޮށްފައިވާ ބިންތައް ވިޔަފާރި ބޭނުންތަކަށް ބޭނުންކުރެވެން ޖެހޭ: މިނިސްޓަރު މުއްތޮލިބު

އަޙުމަދު ރިޝާން
6 ޖުލައި 2026 - 04:57
ހިޔާގައި އަލަށް ގާއިމުކުރި ލިފްޓްތައް އިފްތިތާހު ކޮށްދިނުމުގެ ރަސްމިއްޔާތުގައި ހައުސިންގް މިނިސްޓަރު  ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވާހަކަފުޅު ދައްކަވަނީ
ހިޔާގައި އަލަށް ގާއިމުކުރި ލިފްޓްތައް އިފްތިތާހު ކޮށްދިނުމުގެ ރަސްމިއްޔާތުގައި ހައުސިންގް މިނިސްޓަރު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވާހަކަފުޅު ދައްކަވަނީ

ހުޅުމާލޭ ފޭސް 2 އިން ދިރިއުޅެން ދޫކޮށްފައިވާ ގޯތިތަކުން ވިޔާފާރި ކުރުމަށް އެބިންތައް ބޭނުންކުރެވެންޖެހޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ހިޔާ ޓަވަރުގައި އަލަށް ހަރުކުރި ލިފްޓްތައް ރަސްމީކޮށް އިފްތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ މުއްތޮލިބު ވިދާޅުވީ ހުޅުމާލޭ ފެސް 2 ގައި މިހާރު ދޫކޮށްފައިހުރި ބިންތަކަކީ "ވަރަށް ބޮޑަށް ތަޅުއެޅުވިފައި ހުރި" ބިންތަކެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފޭސްދޭއްގައި ބޮޑު އާބާދިއެއް ދިރިއުޅޭއިރު، ރައްޔިތުންނަށް ބޭނުންވާ ހިދުމަތައް ގާއިމުކޮށްދޭން ޖެހޭނީ ހުސްއެކަނި އެޗްޑީސީން ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ހަމައެކަނި އެޗްޑީސީ އަށް ބަރޯސާވުމުގެ ބަދަލުގައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ފޭސް ދޭއްގައި ދޫކޮށްފައިހުރި ގޯތިތައް ބޭނުންކުރެވޭ ގޮތް ހަދައިދޭން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގައި ވެސް ދިރިއުޅެން ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރި ކުރެވޭއިރު، ހުޅުމާލޭ ފޭސް ދޭއްގައި ދޫކޮށްފައިވާ ބިންތަކަށް ވެސް އިންވެސްޓްކޮށް، ނަފާ ލިބޭނެ މަގު ތަނަވަސްކޮށްދޭންޖެހޭ ކަމަށެވެ. އޭގެ ސަބަބުން ބިންތަކުގެ ވެރިންގެ އިތުރުން، ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނަށާއި އެ ސަރަހައްދުގެ އިގްތިސޯދާއި ތަރައްގީ އަށް ވެެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެެއްވެވި އެވެ.

މިހާރު އުސޫލު އޮންނަ ގޮތުން ހުޅުމާލޭ ފޭސް ދޭކުން ދޫކޮށްފައިވާ ގޯތިތަކުގައި ދިރިއުޅުމުގެ ބޭނުން ފިޔަވާ ވިޔފާރިތައް ކުއްޔަށްދޫކުރުމާއި، ހުސްއެކަނި ވިޔަފާރި ކުރުމަށް ބިން ބޭނުންކުރުން އޮތީ މަނާ ކޮށްފަ އެވެ. ފޭސް ދޭއްގައި ހިދުމަތްތަކާއި ވިޔަފާރިކުރުމަށް ބޭނުންވާ ބިންތައް މިހާރު ދެމުން އަންނަނީ އެޗްޑީސީ އަށް ފޭސްދޭކުން ނެގެންހުރި ހުސްބިންތަކުން އެކަންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ފޭސް 2ގައި ދޫކޮށްފައިވާ ބިންތައް ވިޔަފާރި ބޭނުންތަކަށް ބޭނުންކުރެވެން ޖެހޭ: މިނިސްޓަރު މުއްތޮލިބުޚަބަރު | 2 ގަޑިއިރު ކުރިންހިޔާ ފްލެޓްތަކުގައި ލިފްޓް އިތުރުކުރުމުގެ މަޝްރޫޢުއެއްކޮށް ނިންމާލައިފިޚަބަރު | ދުވަހެއް ކުރިންއެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފިޚަބަރު | 14 ދުވަސް ކުރިންއިނާޔަތްތަކާއެކު އެޗްޑީސީން އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ހުޅުވާލައިފިޚަބަރު | 17 ދުވަސް ކުރިން