logo
MPL

MPL

ޚަބަރު

ޑްރަގް މައްސަލާގައި މުރައިދޫން ދެ މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖުލައި 2026 - 12:43
ޑްރަގާއެކު މުރައިދޫން ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް
ޑްރަގާއެކު މުރައިދޫން ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހއ. މުރައިދޫން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން 2026 ޖުލައި 05 ވަނަ ދުވަހުގެ ހެނދުނު 08:10 އެހައިކަންހާއިރު ހައްޔަރުކޮށްފައިވަނީ ހއ. މުރައިދޫ / ކިނާރާ، މުޙައްމަދު ޢާޝިރު (35އ) އާއި، އެ ރަށު ވެނީލާގެ، މުޙައްމަދު ޒައިން ޙަސަން (19އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މުރައިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ބަލައިފާސްކުރުމުގެ އަމުރެއްގެ ދަށުން، މުރައިދޫގެ ގެއެއް ބަލައިފާސްކުރުމަށް ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން ބުނި ގޮތުގައި އެ ގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 ސެލޯފިންކޮޅު ވަނީ ފެނިފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.5 ގުރާމެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެންނެވެ.

ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ދީފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޭސްފުޅިއެއް ގޮވައި އަލިފާން ރޯވެ ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާދެނީޚަބަރު | 3 ދުވަސް ކުރިންފުލުހުންގެ މުއައްސަސާއިން ހަވާލުކުރާ ކޮންމެ ރޭންކަކާ އެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތެއް: ސީޕީޚަބަރު | 3 ދުވަސް ކުރިންފުލުހުންގެ ބޮޑު ކުރިއެރުމެއް: މާލެ އޭރިއާގެ 166 އޮފިސަރަކަށް ރޭންކުގެ ކުރިއެރުންޚަބަރު | 4 ދުވަސް ކުރިންރެސްޓޯރެންޓެއްގައި އަންހެނަކަށާއި ވޭޓަރަކަށް ހަމަލާދީ މާރާމާރީ ހިންގައި ތަނަށް ގެއްލުން ދީފިޚަބަރު | 4 ދުވަސް ކުރިން