logo
MPL

MPL

ޚަބަރު

ރެސްޓޯރެންޓެއްގައި އަންހެނަކަށާއި ވޭޓަރަކަށް ހަމަލާދީ މާރާމާރީ ހިންގައި ތަނަށް ގެއްލުން ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 އޯގަސްޓު 2026 - 05:42
ރެސްޓޯރެންޓެއްގައި  އަންހެނަކަށާއި ވޭޓަރަކަށް ހަމަލާދީ މާރާމާރީ ހިންގައި ތަނަށް ގެއްލުން ދީފި

މާލޭގެ ރެސްޓޯރެންޓެއްގެ ތެރޭގައި އިން އަންހެނަކަށާއި ހަމަލާދީ މާރާމާރީ ހިންގައި ތަނަށް ގެއްލުންދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާލޭގެ މާފަންނުގައި ހުންނަ ރެސްޓޯރެންޓެއްގައެވެ. މި މާރާމާރީއެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 22 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭގަނޑު 23:00 އެހައިކަންހާއިރުކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މާރާމާރީއާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެހުމުގައި އެތަނުގައި އިން އަންހެނަކަށް ފިރިހެނަކު ވަނީ ހަމަލާދީފައިވާއިރު، މި ހަމަނުޖެހުން ހުއްޓުވަން މަސައްކަތްކުރި ބަޔަކަށްވެސް ހަމަލާދީ، ރެސްޓޯރެންޓްގެ ދޮރަށް ވަނީ ގެއްލުންދީފައެވެ.

މީގެ އިތުރުން މި މާރާމާރީގައި އެ ރެސްޓޯރެންޓުގެ އަންހެން މުވައްޒަފެއްގެ ބޮލަށް ވެސް ވަނީ ހަމަލާދީފައެވެ. އެ މުވައްޒަފަށް އަމާޒުވި ހަމަލަގައި އެ މުވައްޒަފުގެ ބޯ ދުޅަވެ އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެސްޓޯރެންޓެއްގައި އަންހެނަކަށާއި ވޭޓަރަކަށް ހަމަލާދީ މާރާމާރީ ހިންގައި ތަނަށް ގެއްލުން ދީފިޚަބަރު | ގަޑިއިރެއް ކުރިންމީހެއްގެ އެކައުންޓުން 92،000 ރުފިޔާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 16 ގަޑިއިރު ކުރިންހައިވޭގައި ކާރެއް ފުރޮޅާލައި ދެ މީހަކަށް އަނިޔާވެގެން ފަރުވާދެނީޚަބަރު | 2 ދުވަސް ކުރިންސްކޭމް މައްސަލަތަކުގައި މިދިޔަ ހަފުތާ ފަސްލައްކައާ ގާތަށް ފައިސާ ގެއްލުނުޚަބަރު | 8 ދުވަސް ކުރިން