logo
Bank of Maldives

Bank of Maldives

ޚަބަރު

އެމެރިކާއިން ދިވެހި ފުލުހުންގެ ޚިދުމަތަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ޖުލައި 2026 - 12:59
އެމެރިކާއިން ދިވެހި ފުލުހުންނަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާ ކުރަނީ، ފޮޓޯ: ޕޮލިސް
އެމެރިކާއިން ދިވެހި ފުލުހުންނަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާ ކުރަނީ، ފޮޓޯ: ޕޮލިސް

ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓް، ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ޑްރަގް ޓެސްޓް ކިޓްތަކެއް މިއަދު ހަދިޔާކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މި ތަކެތި ފުލުހުންނާ ހަވާލުކޮށްދެއްވީ ޔޫ.އެސް އެމްބަސީގެ ރީޖަނަލް ސެކިއުރިޓީ އޮފިސަރ މިހްޔަރ އަލް ނިފެއިޑީއާއި، ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) ގެ ފަރާތުން އެންރިކޯ ބޮނިންގސެނާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓާއި ޔޫ.އެން.އޯ.ޑީ.ސީއަށް ޝުކުރު އަދާކުރައްވާފައެވެ. ކޮމިޝަނަރ ވިދާޅުވީ، "މިއަދު މި ހަވާލުކުރެވިގެންދިޔަ ޑްރަގް ޓެސްޓް ކިޓްތަކާއެކު، މަސްތުވާތަކެތީގެ މައްސަލަތަކުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތްތައް އަވަސްވެ އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ" ކަމަށެވެ.

މީގެ އިތުރުން، މި ކިޓްތަކުގެ ސަބަބުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ތަހުގީގުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ޔޫ.އެން.އޯ.ޑީ.ސީގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ފުލުހުންގެ ޚިދުމަތަށް މިއަދު ހަދިޔާކުރި 150 ޑްރަގް ޓެސްޓް ކިޓަކީ އަވަސް އަދި އިތުބާރު ހުރި ނަތީޖާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކިޓްތަކެކެވެ. މި ކިޓްތަކުގެ އެހީގައި ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ފަސޭހައިން ދެނެގަނެވި، ފުލުހުންގެ އޮޕަރޭޝަންތަކަށާއި ތަހުގީގު މަރުހަލާތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާއިން ދިވެހި ފުލުހުންގެ ޚިދުމަތަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންފިޒިކަލް ފިޓްނަސް ޓްރެއިނިންގ އިންސްޓްރަކްޓަރުންގެ ސިމްޕޯޒިއަމް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންޑްރަގް މައްސަލާގައި މުރައިދޫން ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންހާޑްވެއަރ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަން ކުރި ދެ މީހުން ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިން