logo
Bank of Maldives

Bank of Maldives

ޚަބަރު

ވިނަރެސް ފުލެޓު ކަރަންޓު ފޮށިތަކަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި

އައިޝަތު އިނާޝާ
8 ޖުލައި 2026 - 10:40
ވިނަރެސް ފުލެޓު ކަރަންޓު ފޮށިތަކަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ، ފޭސް 2 ގައި ހުންނަ ވިނަރެސް ފުލެޓް 9 ގެ 2 ވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލުކިންގްލާސް / ގދ. ތިނަދޫ، ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނި މި ޖުލައި މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ ވިނަރެސް ފުލެޓް 9 ގެ 2 ވަނަ ފަންގިފިލާގައި ހުރި ކަރަންޓް ފޮށިތަކަށް ގެއްލުންދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން އެ ތަނަށްގޮސް ބެލިބެލުމުން، ކަރަންޓު ފޮށިތަކަށް ގެންލުންދީ، އަރތު ނަރުތައް ބުރިކޮށް އަދި ކޮޕަރ ފޮތިތައް ވަގަށްނަގާފައިވާ ކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު 4 މީހުން ހައްޔަރުކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފިޚަބަރު | ދުވަހެއް ކުރިންތިން މީހުން ގެއްލުނީ ދޯނިން ދިޔަ ހިއްކަން ތިއްބާޚަބަރު | 2 ދުވަސް ކުރިންޖުލައި މަހު ސްކޭމްގެ 180 މައްސަލަ ހުށަހަޅާފައިވޭ: ފުލުހުންޚަބަރު | 2 ދުވަސް ކުރިން