logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމަށް ބޭނުންވާ ޚާއްސަ ޔުނިޓްގެ މަސައްކަތް ފަށައިފި

ޒިދާން މުޙައްމަދު
8 ޖުލައި 2026 - 11:58
ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމަށް ބޭނުންވާ ޚާއްސަ ޔުނިޓްގެ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގައި ޕޯސްޓްމޯޓަމްގެ ހިދުމަތް ދިނުމަށް ބޭނުންވާ ހާއްސަ ޔުނިޓް ބިނާކުރާނެ ބިން މިހާރު ކަނޑައެޅި، އެ މަސައްކަތް އަމަލީ ގޮތުން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ވިދާޅުވީ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބެލުމުގެ ދަށުން ލެވެލް 2 ގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި ޔުނިޓްގެ ސަބަބުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކާއި، މެޑިކޯ ލީގަލް އަދި ޕޯސްޓްމޯޓަމްގެ ހިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ލިބިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ޔުނިޓުން ފޯރުކޮށްދޭނެ މައިގަނޑު ހިދުމަތްތަކުގެ ތެރޭގައި ލާއިންސާނީ އަނިޔާތަކާއި ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ބެލުމާއި، އިންޝުއަރެންސް ބޭނުންތަކަށް އަނިޔާގެ މިންވަރު ވަޒަންކުރުން ހިމެނެއެވެ. މީގެ އިތުރުން، މަރުގެ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލުކުރުން ނުވަތަ ޕޯސްޓްމޯޓަމް ހެދުމުގެ ހިދުމަތް މި ޔުނިޓުން ލިބޭނެއެވެ.

ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ޕޯސްޓްމޯޓަމް ހެދުމަށް 23 މީހެއްގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.

އެއިން ކޮންމެ މީހަކަށް ގާތްގަނޑަކަށް 55,000 ރުފިޔާ ހޭދަވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެއްކަން މިނިސްޓަރުގެ ވާހަކަފުޅުން އެނގެއެވެ.

ރާއްޖޭގައި މި ހިދުމަތް ދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު 2015 ވަނަ އަހަރު އެކުލަވާލާފައިވާއިރު، ފުލުހުންގެ ފަރާތުން ވެސް ވަނީ މި ހިދުމަތް ރާއްޖޭގައި ފެށުމުގެ މުހިއްމުކަން ތަކުރާރުކޮށް ފާހަގަކޮށްފައެވެ. މި ޔުނިޓް ގާއިމުވުމުން، ތަހުގީގުތަކަށް ބޭނުންވާ މުހިއްމު މައުލޫމާތުތައް އަވަހަށް ލިބި، އަދުލު އިންސާފު ގާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމަށް ބޭނުންވާ ޚާއްސަ ޔުނިޓްގެ މަސައްކަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިން