logo
Bank of Maldives

Bank of Maldives

ޚަބަރު

ސާކް ސަރަހައްދުގެ ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމުކުރަނީ

އަޙުމަދު ރިޝާން
9 ޖުލައި 2026 - 06:57
ސާކް ގައުމުތަކުގއި ސަރަހައްދީ ފެންވަރުގައި މަސްވެރިކަން ކުރިއަރުވަން ބޭއްވި ބައްދަލުވުމުގެ ތެރެއިން
ސާކް ގައުމުތަކުގއި ސަރަހައްދީ ފެންވަރުގައި މަސްވެރިކަން ކުރިއަރުވަން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ސާކް ސަރަހައްދުގެ ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމުކުރަން ސަރަހައްދީ ގައުމުތަކުން ނިންމައިފި އެވެ.

ސަރަހައްދީ ގައުމުތަކާ އެކު މިގޮތަށް ނިންމާފައި ވަނީ އިގްތިސޯދީ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކާ ގުޅޭގޮތުން ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި ރާއްޖޭގައި ބޭއްވި ބައްދަލަވުމުގަ އެވެ. މި ބައްދަވުން ކުރިޔަށް ގެންގޮސްފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ ދެދުވަހުގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްޠަލިބް ވިދާޅުވީ، ސަރަހައްދީ ފެންވަރުގައި މަޢުލޫމާތު ޙިއްސާކުރުމާ އެކު އާ އީޖާދީ ގޮތްތައް ބޭނުންކުރުން މުހިންމު ކަމަށެވެ. މީގެ ސަބަބުން ކަނޑުގެ ވަސީލަތްތަކަކީ މުޅި ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަމާއި، އިގްތިސޯދީ ތަނަވަސްކަން ކަށަވަރުކުރުމާ އެކު ދެމެހެއްޓެނިވި އާމްދަނީއެއް ހޯދުމަށް ވަސީލަތްތަކެއް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވެވި އެވެ.

މި ބައްދަލުވުމުގައި ފުޅާ ދާއިރާގައި ސާކްގެ މެމްބަރު ގައުމުތަކުގެ މެދުގައި ތަޖުރިބާކާރުންގެ ހިޔާލު ބަދަލުކޮށް، ތަޖުރިބާތައް ހިއްސާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ލިމިޓަށްވުރެ ގިނައިން މަސްވެރިކަން ކުރުމާއި، ގައިވާދާ ހިލާފަށް މަސްވެރިކަން ކުރުންފަދަ ދާއިރާތަކާއި ތިމާވެއްޓާ ގުޅުންހުރި ދާއިރާތަކުން މަޝްވަރާކޮށްފައިވެ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސާކް ސަރަހައްދުގެ ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ހާއްސަ ޕްލެޓްފޯމެއް ގާއިމުކުރަނީޚަބަރު | 2 ގަޑިއިރު ކުރިންމަސްވެރިންނަށް ލުއި އަގުގައި 2.5 މިލިއަން ލީޓަރުގެ ތެޔޮ ދޫކޮށްފިޚަބަރު | 2 މަސް ކުރިންއެފްއެސްއެމްގެ ޚިދުމަތްދޭ 13 ރަށަކުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ!ޚަބަރު | 3 މަސް ކުރިންފެލިވަރުގައި ކޭނަރީގައި ސްޓޯރޭޖް ކެޕޭސިޓީ ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 4 މަސް ކުރިން