logo
Bank of Maldives

Bank of Maldives

ވިޔަފާރި

ހަފްތާއެއްތެރޭ އެމްޕީއެލް އިން 35,000 ޓަނުގެ މުދާ ކްލިއާކޮށްފި

އައިޝަތު ނަޝާ
14 ޖުލައި 2026 - 03:52
ަހަފްތާއެއްތެރޭ އެމްޕީއެލް އިން 35,000 ޓަނުގެ މުދާ ކްލިއާކޮށްފި

ހަފްތާއެއް ތެރޭ 35،298.25 ފްރައިޓް ޓަނުގެ މުދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް - އެމްޕީއެލްއިން ކްލިއަރކޮށްފި އެވެ.

އެމްޕީއެލްއިން ނެރެފައިވާ ވީކްލީ ސްޓެޓިސްޓިކް އިން ދައްކާގޮތުުން މި ހިނގާ ޖުލައި މަހުގެ 5 އަކުން 11 އާ ހަމައަށް ކޮންޓެއިނަރ ވެސަލްތަކުން ޖުމުލަ 32،589.01 ފްރައިޓް ޓަނުގެ މުދާ އަދި ޖެނަރަލް ކާގޯ ވެސަލްތަކުން 2709.24 ފްރައިޓް ޓަނުގެ މުދާ ކްލިއަރކޮށްފައިވާ ކަމަށެވެ. އެއީ އެކު ޖުމުލަ 35،298.25 ފްރައިޓް ޓަނުގެ މުދަލެވެ. މީގެ ތެރޭގައި ހިމެނެނީ 20 ފޫޓުގެ ކޮންޓެއިނަރއެވެ. އެގޮތުން 20 ފޫޓުގެ ކޮންޓެއިނަރގެ 3366 ކޮންޓެއިނަރ ކްލިއަރ ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ކޮންޓެއިނަރ ވެސަލްތަކުން ޒަރޫރީ ތަކެތީގެ 1014 ފްރައިޓް ޓަން މުދަލާއި ޖެނަރަލް ކާގޯ ވެސަލްތަކުން 418 ފްރައިޓް ޓަން މުދާ ކްލިއަރކޮސްފައިވާ ކަމަށެވެ.މިމުއްދަތުގައި ރާއްޖެއަށް އައި މުދާ އުފުލާ އުޅަނދުގެ ތަފާސްހިސާބުތައްވެސް އެމްޕީއެލްއިން ވަނީ ހިއްސާކޮށްފައެވެ. އެއީ5 ޖެނަރަލް ކާގޯ ވެސަލް އަދި 3 ކޮންޓެއިނަރ ވެސަލްއެވެ.އަދި 4 ޖެނަރަލް ކާގޯ ވެސަލް އާއި، 2 ކޮންޓެއިނަރ ވެސަލް ވަނީ މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ޑިޕާޗަރ ވެފައެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ބިސް ، ފިޔާ އަދި އަލުވި ފަދަ އަސާސީ ކާބޯތަކެތީގެ ބާވަތްތައްކަަމަށް އެމްޕީއެލްގެ ތަފާސްހިސާބުން ވަނީ ދައްކާފައެވެ.އޭގެތެރެއިންވެސް އެންމެ ގިނައިން ކްލިއަރ ކޮށްފައިވަނީ ބިހެވެ.އެއީ 22،533 ބިހެވެ.

HNBcXN3bwAA8Snb.jpg

 

އެމްޕީއެލް އިން އެންމެގިނައިން ކްލިއަރކޮށްފައިވާ ބާވަތްތަކަށް ބަލާއިރު، ބިސް، ކަރާ، ދޮންކެޔޮ، ފިޔާ، އަލަނާސި،ކެބެޖް،ބަރަބޯ އަލުވި އަދި ޓޮމާޓޯ ހިމެނެ އެވެ. މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފައިކަން ފާހަގަކުރެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ަހަފްތާއެއްތެރޭ އެމްޕީއެލް އިން 35,000 ޓަނުގެ މުދާ ކްލިއާކޮށްފިވިޔަފާރި | 2 ގަޑިއިރު ކުރިންވިޔަފާރި ބަނދަރު ރަނގަޅު ކުރުމަށް މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތައް ދަނީ ބަލަމުން: ސައީދުޚަބަރު | 2 ގަޑިއިރު ކުރިންނޯތު ހާބަރގެ "އޭ ޒޯން"އިން އޮޑިދޯނި ފަހަރަށް މިހާރު ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ!ޚަބަރު | 7 ދުވަސް ކުރިންވެސްޓްޕާކް ސަރަހައްދު ކަނޑަށް ކޮންޓޭނަރުތަކެއް ވެއްޓި، އޮޔާދަނީޚަބަރު | 16 ދުވަސް ކުރިން