logo
Bank of Maldives

Bank of Maldives

ޚަބަރު

އޭދަފުށީ ފަޅުތެރޭގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

އަޙުމަދު ރިޝާން
14 ޖުލައި 2026 - 05:43
އޭދަފުށި ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަޑު ވާޓަރުމަތިން އެއްގަމަށް އަރުވަނީ މީހެއް – ފޮޓޯ/އޭދަފުށި ޓައިމްސް
އޭދަފުށި ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަޑު ވާޓަރުމަތިން އެއްގަމަށް އަރުވަނީ މީހެއް – ފޮޓޯ/އޭދަފުށި ޓައިމްސް

 ބ. އޭދަފުށީ ފަޅުތެރޭގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

މަރުވެފައިވާ މީހާ ފެނިފައި ވަނީ މިއަދު ހެނދުނު 7:55 ހިސާބުގައި ފަޅުތެރޭގައި ލޯންޗެއްގައި އުޅުނު ބަޔަކަށެވެ. ފުލުހުން ބުނީ އެ ރަށު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ބ. އޭދަފުށީ، ސީސަންގެ، އަލީ އަބްދުﷲ، 82، ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި މި މީހާގެ ހަށިގަނޑު ފެނުންއިރު އޭނާގެ ހަށިގަނޑު ބޭރުފުރުށުން އެއްވެސް ޒަހަމެއް ފެނިފައެއްނުވެ އެވެ. ނަމަވެސް އިތުރަށް ބެލުމަށް ރ. އަތޮޅު ހޮސްޕިޓަލް ހަށިގަނޑު ފޮނުވުމަށް ވަނީ ނިންމާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެރަށު މީހުން މައުލޫމާތުދޭ ގޮތުން ރޭ 10:00 ހާއިރު އޭނާ ބަނދަރު ސަރަހައްދުފެނިފައިވެ އެވެ. އަދި ފުލުހުން އަންނަނީ އެ ސަރަހައްދު ސީސީޓީވީ ކެމެރާތައް ޗެކުކުރަމުންނެވެ. ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭދަފުށީ ފަޅުތެރޭގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެޚަބަރު | 2 ގަޑިއިރު ކުރިންއޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ ބިންގާ އަޅައިފިޚަބަރު | 4 މަސް ކުރިންއޭދަފުށި ކައުންސިލާއި ރައީސް ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވައިފިޚަބަރު | އަހަރެއް ކުރިންބ ބްރެޒިލް އަށް އޭދަފުށިން ހޫނު މަރުޙަބާއެއްކުޅިވަރު | 2 އަހަރު ކުރިން