logo
ކުޅިވަރު

ބ ބްރެޒިލް އަށް އޭދަފުށިން ހޫނު މަރުޙަބާއެއް

އަބްދުﷲ ޣާނިމް
26 ޑިސެމްބަރު 2024 - 15:16
އޭދަފުށީގެ ޓީމަށް ވަނީ ރަށުރައްޔިތުން ނިކުމެ ހޫނު މަރުޙަބާއެއް ކިޔާފައި. ފޮޓޯ: ސިޑިބަރި
އޭދަފުށީގެ ޓީމަށް ވަނީ ރަށުރައްޔިތުން ނިކުމެ ހޫނު މަރުޙަބާއެއް ކިޔާފައި. ފޮޓޯ: ސިޑިބަރި

ގޯލްޑް ކަޕްގެ ޗެންޕިއަން ޓީމު ބ. އޭދަފުށިން ޓީމުގެ ކުޅުންތެރިންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެގޮތުން ޓީމު ރަށަށް ލެފުމުން ރަށު ރައްޔިތުން ނިކުމެ ރަތްދޫލައިގެ ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ތަށްޓާއެކު ރަށަށް ޓީމު އައުމުން ރަށުގެ ކުދިބޮޑު ހުރިހާ ރައްޔިތުން ރަތްކުލައިގެ ހެނދުމުގައި ނިކުމެ ވަނީ ޓީމުގެ ކުޅުންތެރިންނާއެކު ފާލަން ދޮށުން ރަށު ސްޓޭޑިއަމް އާއި ހަމައަށް ދިޔުމާއިހަމައަށް ޓީމަށް ތަރުޙީބު ދީފައެވެ. ޓީމަށް މަރުޙަބާކިޔުމުގެ ހަރަކާތްތައް ފެށުނީ ކަނޑުމަތިންނެވެ. އެގޮތުން ޓީމު ރަށާ ކައިރިވިހިސާބުން ފެށިގެން ދޯނިފަހަރުގައި ކަނބަލުން ކުރުފަލީގައި ޓީމު އެސްކޯޓު ކުރަމުން ބަނދަރާހަމަޔަށް ގެންގޮސްފައިވެއެވެ. އަދި ޓީމު ފާލަމަށް އަރައި ރަށު ރައްޔިތުންނަށް ގޯލްޑް ތަށި ދައްކާލާފައިވެއެވެ. ރަށަށްފޭބުމަށްފަހު ޓީމުގެ ހުރިހާ ކުޅުންތެރިން ދަނޑާއި ހަމައަށް ދިޔައީ ވެހިކަލް ޕެރޭޑުގައި ގޯލްޑު ކަޕުގެ ތަށްޓާއި ގޯލްޑަން ފުޓްސަލް ގެ ތަށްޓާއި ބެޓަރ އިން ބާ ގެ ތަށްޓާއެކު އުފާފާޅުކުރަމުންނެވެ.

471689699_18050964188038151_1864463688086103250_n.jpg

ކަނބަލުން ކުރުފަލީގައި ޓީމު އެސްކޯޓު ކުރަމުން ދަނީ. ފޮޓޯ: ސިޑިބަރި

 

 

އަދި އޭގެ ފަހުން އުފާފާޅުކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ރަށު ފުޓްބޯޅަ ސްޓޭޑިއަމްގައެވެ. އެގޮތުން މި ރަސްމިއަޔާތުގައި މަރުޙަބާގެ ނެށުންތަކެއްވެސް ފެނިގެން ގޮސްފައިވެއެވެ. މި އާއެކު މިހޯދި ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ހެޔޮއެދޭ އެކި ފަރާތްތަކުން ޓީމަށް ހަދިޔާކުރި ފައިސާގެ އިނާމްވެސް މި ރަސްމިއްޔާތުގައި ޓީމަށް ހަވާލުކޮށްފަވެއެވެ.

 

މި ރަސްމިއްޔާތުގައި ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވެއެވެ.

 

މިއީ ފަހުގެ ތާރީޚެއްގައި އެއްރަށަކުން ފުޓްބޯޅައިގެ މިހާބޮޑު ކާމިޔާބީއެއް ހޯދިފަހަރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިފަހަރުގެ ގޯލްޑް ކަޕްގެ އިތުރަށް އޭދަފުށީގެ ފުޓްސަލް ޓީމުން ވަނީ މިއަހަރުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޭއްވި ގޯލްޑަން ފުޓްސަލް މުބާރާތް ކާމިޔާބުކުރުމާއެކު ބ އަތޮޅަށް އަމާޒުކޮށްގެން ބޭއްވި ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ ޗެންޕިއަންކަން ހޯދާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭދަފުށި ކައުންސިލާއި ރައީސް ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރައްވައިފިޚަބަރު | 25 ދުވަސް ކުރިންބ ބްރެޒިލް އަށް އޭދަފުށިން ހޫނު މަރުޙަބާއެއްކުޅިވަރު | 8 މަސް ކުރިންބ. އޭދަފުށީގައި 15 ބުރީގެ ޓަވަރުތަކާއެކު، ހާހަކަށް ވުރެ ގިނަ ފްލެޓްޚަބަރު | 10 މަސް ކުރިން