logo
Bank of Maldives

Bank of Maldives

ޚަބަރު

އޭ-ޒޯނުން އުޅަނދުފަހަރަށް ކަަރަންޓާއި ފެނުގެ ހިދުމަތް: ފަޅުވެރިންނަށް ބޮޑެތި ފަސޭހަތަކެއް

އައިޝަތު އިނާޝާ
14 ޖުލައި 2026 - 06:20
އޭ-ޒޯނުން އުޅަނދުފަހަރަށް ކަަރަންޓާއި ފެނުގެ ހިދުމަތް: ފަޅުވެރިންނަށް ބޮޑެތި ފަސޭހަތަކެއް

މާލެ ނޯތު ހާބަރުގެ އޭ-ޒޯނުން އުޅަނދުފަހަރަށް ކަަރަންޓާއި ފެނުގެ ހިދުމަތް ލިބެން ފެށުމާއެކު ފަޅުވެރިންގެ 15 އަހަރުވީ ދިގު އިންތިޒާރަށް ނިމުމެއް އައިސް، ފަޅުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިއްޖެކަމަށް މާލެ ނޯތު ހާބަރު ބަލަހައްޓާ މޯލްޑިވްސް ޕޯޓު ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

މެންދުރު ޓީވީގެ މައުޟޫއު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން (އެމްޕީއެލް)ގެ ސެކްޝަން މެނޭޖަރ މުޙައްމަދު އަޒަރު ވިދާޅުވީ ބަނދަރުގެ އޭ-ޒޯނުން 21 އުޅަނދަށް ހިދުމަތް ދެމުންދާ ކަމަށާއި ބީ-ޒޯނުން 10 އުޅަނދު، އަދި ސީ-ޒޯނުން 10 އުޅަނދަށް ހިދުމަތް ދެމުންދާ ކަމަށެވެ. މިއާއެކު ޖުމްލަ 41 އުޅަނދަށް މިހާރުވެސް ހިދުމަށް ދެމުންއަންނަ ކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައުޟޫއު ޕްރޮގްރާމްގައި އެމްޕީއެލްގެ އެސިސްޓެންޓް މެނޭޖަރ ޢަލީ ޝަމީމް ވަނީ ނޯތު ހާބަރަށް ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމަށް 16 ޝެޑު ގާއިކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. ޝަމީމް ވިދާޅުވިގޮތުގައި ކަރަންޓުގެ ހިދުމަށް އެއްވަގުތެއްގައި 48 އުޅަނދަށް ދެމުންދާ ކަމަށެވެ. އަދި މިހާރުވެސް އާންމު ގޮތެއްގައި 45 ނޫނީ 42 އުޅަނދަށް މިހާރުވެސް ހިދުމަތް ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ފެނުގެ ހިދުމަތްވެސް 24 ގަޑިއިރު ފަޅުވެރިންނަށް ލިބިގެންދާނެކަން ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ ރިކުއެސްޓު އަންނަ ވަރަކުން ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.

15 އަހަރަށްވުރެ ދިގިވެގެން މިދިޔައީ އޭ ޒޯނުން މި ހިދުމަތް އަޅުގަނޑުމެންނަށް ފޯރު ނުކޮށްދެވޭތާ. ނަމަވެސް މިއަހަރުގެ ޖުލައި 7 ވަނަ ދުވަހުން ފެށިގެން ފެނާއި ކަރަންޓުގެ މި ހިދުމަށް ފަޅުވެރިންނަށް ލިބި 15 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުން އައިސް މިވަނީ. ކުރީގައި އުޅަނދުތަކަށް ކަރަންޓު ވެސް މިނަގަނީ ޖަނަރޭޓަރު ހިންގައިގެން. އެބޭފުޅުންނަށް ހަގީގަތުގައި ހަމަޖެހިލައިގެން ނިދާލެވޭކަށް ވެސް ނޯވެވޭ. ޖަނަރޭޓަރުގެ އަޑު ގަދަކަމުން. ނަމަވެސް މިހާރު އެބޭފުޅުންނަށް އަރާމުގައި ނިދާލެވޭނެ: ޝަމީމް

މީގެ އިތުރުން މާލޭ ނޯތު ހާބަރުގެ އޭ-ޒޯނުން ގައި އަލަށް ތައާރަފް ކުރެވުނު ފެނާ ކަރަންޓުގެ ހިދުމަތަކީ މުޅިން އަލަށް ތައާރަފް ކުރެވުނު ހިދުމަތްތަކެއްކަން ފާހަގަކުރައްވާ މުޙައްމަދު އަޒަރު ވިދާޅުވީ ކުރީގައި ފަޅުވެރިން ކަރަންޓު ބޭނުންކުރީ އަމިއްލަ ޖަނަރޭޓަރު ބޭނުންކޮށްގެން ކަމަށާއި، ފެން ހޯދުމުގައި ބޮޑެތި ދަތިތަކެއް ހުރި ކަމަށެވެ.

އަޒަރު ވިދާޅުވިގޮތުގައި އެމްޕީއެލްގެ ފަރާތުން ކަރަންޓާއި ފެނުގައި ހިދުމަތް 24 ގަޑިއިރު ދޭންފެށުމުން ފަޅުވެރިންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިއްޖެ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭ-ޒޯނުން އުޅަނދުފަހަރަށް ކަަރަންޓާއި ފެނުގެ ހިދުމަތް: ފަޅުވެރިންނަށް ބޮޑެތި ފަސޭހަތަކެއްޚަބަރު | 5 ގަޑިއިރު ކުރިންަހަފްތާއެއްތެރޭ އެމްޕީއެލް އިން 35,000 ޓަނުގެ މުދާ ކްލިއާކޮށްފިވިޔަފާރި | 8 ގަޑިއިރު ކުރިންވިޔަފާރި ބަނދަރު ރަނގަޅު ކުރުމަށް މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތައް ދަނީ ބަލަމުން: ސައީދުޚަބަރު | 8 ގަޑިއިރު ކުރިންނޯތު ހާބަރގެ "އޭ ޒޯން"އިން އޮޑިދޯނި ފަހަރަށް މިހާރު ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ!ޚަބަރު | 7 ދުވަސް ކުރިން