ޓެކްސް ކޮމިޝަނަރު ކަމަށް އަމީޒާ އައްޔަންކުރަން ރުހުންދީފި
15 ޖުލައި 2026 - 11:49

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ކޮމިޝަނަރުކަމަށް ކުރިމަތިލެއްވި ދެ ބޭފުޅުންގެ ތެރެއިން ފާތިމަތު އަމީޒާއަށް މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އަމީޒާ މިވަގުތު ހުންނެވީ އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގަ އެވެ. މަޖިލީހުގެ ކޮމިޓީން ބެލިބެލުމުން ވެސް އެންމެ މަތިން މާކްސް ލިބިފައި ވަނީ އަމީޒާ އަށެވެ. އަމީޒާ އެންމެ ފުރަތަމަ މީރާގެ ވަޒީފައަކަށް ވަނީ އެ އިދާރާ އުފެއްދެވުމާ އެކު 2010ގައި ސީނިއާ މެނޭޖްމަންޓް އޮފިސަރެއްގެ މަގާމަށެވެ. މީގެ އިތުރުން މީރާގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފަ އެވެ. އަމީޒާ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަންކޮށްފައި ވަނީ 2024ގެ ފަހުކޮޅު އެވެ. އަމީޒާއަށް ރުހުން ދިނުމަށް 64 މެންބަރުން ވޯޓްދިނެވެ. އޭގެ ތެރޭގައި އިދިކޮޅު މެމްބަރުން ވެސް ހިމެނެ އެވެ.

Ad by Hajj Corporation
އަމީޒާގެ އިތުރުން މި މަގާމަށް ދެން ކުރިމަތި ލައްވާފައި ވަނީ ވިލާ އެއާގެ ހެޑް އޮފް ފައިނޭންސް މުހައްމަދު ހަލީމް އަބްދުﷲ އެވެ.


