logo
MPL

MPL

ވިޔަފާރި

ނޯތު ހާބަރުގައި ވަކި ކިއުއެއް ހަދާގޮތަށް، އެމްޕީއެލްއިން އުސޫލަށް ބަދަލުތަކެއް ގެނެސްފި

އައިޝަތު ނަޝާ
16 ޖުލައި 2026 - 10:43
ނޯތު ހާބަރުގައި ވަކި ކިއުއެއް ހަދާގޮތަށް،  އެމްޕީއެލްއިން އުސޫލަށް ބަދަލުތަކެއް ގެނެސްފި

މާލޭ ނޯތު ހާބަރުގައި މުދާ ބަރުކުރުމަށް އުޅަނދުފަހަރު ބަނދަރާ ކައިރިކުރަން (ކީ ވޯލް) ނަން ނޯޓުކޮށް، ކިއުގައި ޖެހުމަށް އޮންނަ އުސޫލަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މުހިންމު ބަދަލުތަކެއް ގެނެސްފި އެވެ.

ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ މި އާ ގަވާއިދުގައިވާ ގޮތުން، ނޯތު ހާބަރުގެ އޭ ޒޯން، ސީ ޒޯން ނުވަތަ އެކްސްޕްރެސް ޒޯނުގެ ތެރެއިން އުޅަނދަކަށް އިހްތިޔާރު ކުރެވޭނީ އެންމެ ކިއުއެކެވެ. މި އާގަވައިދުގައި އެއް ދަތުރެއްގެ ގޮތުގައި ބަލާނެ މިންގަނޑުވެސް މިހާރު ވަނީ ކަނޑައަޅާފަ އެވެ. އެއީ ނޯތު ހާބަރުގެ ޒޯނަކުން ކިއު ތަރުތީބުން ޖާގަ ލިބި، ބަނދަރާ ކައިރިކޮށް މުދާ ބަރުކޮށް ނިމުމަށްފަހު، ދައްކަންޖެހޭ ފައިސާ ދައްކައި ބަނދަރުން ފުރައިގެން ދިއުމަ ހިސާބަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިސްލާހާއެކު ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، މީގެ ކުރިން ކިއު ހޯލްޑް ކުރެވޭ ގޮތަށް އޮތް އުސޫލު އުވާލުމެވެ. ކުރިން އޮންނަ ގޮތުން ނަމަ، ބަނދަރަށް ކައިރިކުރަން ޖާގަ ދިނުމަށް ގުޅުމުން އެ ވަގުތު ކައިރި ނުކުރެވިއްޖެ ނަމަ، ފަސް ދުވަހުގެ މުއްދަތަކަށް ކިއު ކެންސަލް ނުވެ ހޯލްޑް ކުރެވެ އެވެ. މި ފުރުސަތު ކުރިން އޮންނަނީ އޭ ޒޯން އަދި ސީ ޒޯނަށެވެ. ނަމަވެސް މިހާރު އެ އުސޫލުވަނީ އުވާލާފަ އެވެ.

އާ އުސޫލުގައިވާ ގޮތުން، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރި ނުކުރެވިއްޖެ ނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެ ނަމަ، ގިނަވެގެން ތިން ފަހަރު މަތިން ޖާގަ ފަސްކުރެވޭނެ އެވެ. އެއަށްފަހު އަމަލުކުރާނީ ކިއުއާ ގުޅޭގޮތުން ކަނޑައަޅާފައިވާ އާންމު އުސޫލުގެ މަތިންނެވެ.

އެމްޕީއެލް އިން މި ބަދަލުތައް ގެނެސްފައިވަނީ، މިދިޔަ މާޗު މަހު ކިއު އުސޫލަށް ގެނައި ބަދަލުތަކުގެ ސަބަބުން އުޅަނދުފަހަރަށް މަހެއްގެ މައްޗަށް ކުރެވޭ ދަތުރުތައް މަދުވެ، އޮޑިވެރިންގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ހޯމަ ދުވަހުގެ ރޭ 11:59 އިން ފެށިގެންނެވެ.

މި އާ އުސޫލުގެ ސަބަބުން ބަނދަރުގެ ތަރުތީބު ރަނގަޅުވެ، މުދާ އުފުލާ އުޅަނދުފަހަރަށް ލިބޭ ޖާގަތައް ހަމަހަމަކަމާއެކު ހަލުވިކަމާއެކު ދޫކުރެވޭނެ ކަމަށް އެމް.ޕީ.އެލް އިން މައުލޫމާތުދެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލް އިން މިދިޔަ ހަފުތާ އެކަނި، ދެހާހާ ގާތްކުރާ އަދަދަކަށް މުދާ ކްލިއާ ކޮށްފިޚަބަރު | 3 ދުވަސް ކުރިންއެފްސީއެލް ކޮންޓޭނަރ ކްލިއަރކުރުމުގެ ޚިދުމަތް ތިލަފުށި ކާގޯ ޓަރމިނަލަށް ބަދަލުކޮށްފިޚަބަރު | 9 ދުވަސް ކުރިންމާލޭ ވިޔަފާރި ބަނދަރުން ސެޕްޓެމްބަރުގައި 1.7 ލައްކަ ޓަނުގެ މުދާ ކްލިއާކޮށްފިޚަބަރު | 19 ދުވަސް ކުރިންއެމްޕީއެލްއިން ސެޕްޓެމްބަރު މަހު އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ މުދާ ކްލިއަކުރިޚަބަރު | 19 ދުވަސް ކުރިން