logo
Bank of Maldives

Bank of Maldives

ޚަބަރު

މެދުއިރުމަތީ ހަނގުރާމާ ދިގުލާތީ ދައުލަތަށް އެއްބިލިޔަން ޑޮލަރު ގެއްލުންވާނެ، ހަރަދު ކުޑަކުރަންޖެހޭ: ސަލީމް

އަޙުމަދު ރިޝާން
16 ޖުލައި 2026 - 11:54
 މެދުއިރުމަތީ ހަނގުރާމާ ދިގުލާތީ ދައުލަތަށް އެއްބިލިޔަން ޑޮލަރު ގެއްލުންވާނެ، ހަރަދު ކުޑަކުރަންޖެހޭ: ސަލީމް

މެދުއިރުމަތީ ހަނގުރާމާއާ ހެދި ދައުލަތަށް އެކި ގޮތްގޮތުން ލިބެންޖެހޭ ފައިސާއިން އެއްބިލިޔަން ޑޮލަރު ގެއްލުންވާނެ ކަމަށާއި މިސަބަބާހުރެ ހަރަދު ކުޑަކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މެދުރިރުމަތީގެ ހަނގުރާމައިގެން ސަބަބުން، ލަފާ ކުރެވޭ ގޮތުން މިއަހަރު އެކަނި ދިވެހި ދައުލަތަށް އެއް ބިލިޔަން ޑޮލަރުގެ ގެއްލުމެއްވާނެ ކަމަށެވެ. އެ ގެއްލުންތަކުގެ ތެރޭގައި ހަނގުރާމައިގެ ސަބަބުން ފަތުވެރިން ނައިސް ފަތުރުވެރިކަމުގެ ސިނާއަތަށްވާ ގެއްލުމާއި ރާއްޖެއިން ތެލަށްކުރާ ހޭދައިގެ ސަބަބުން ވާ ގެއްލުން ވެސް ހިމެނޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަލީމް ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައި ގައުމުތަކުން ވެސް ކަރަންޓް ކެނޑުމާއި މުވައްޒަފުން މަދުކުރުންފަދަ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އޮޅިގެން ކަރަންޓްދިޔައަސް އެއީ މައްސަލައަކަށްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސަލީމް ވިދާޅުވީ އޭރު އޮންނަ ހާލަތަކަށް ރިއާޔަތްކޮށް ކަންކަން ކުރަންޖެހޭ ކަމަށެވެ.

ވާހަކަތައް ދައްކާއިރު ވާހަކަތައް ބައްޓަންކުރަންޖެހޭނީ މުޅި ގައުމުގެ މަސްލަހަތަށް ބަލައިގެން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. ހަރަދުތައް ކުޑަކުރުމަކީ ފަރުދުން ފެށިގެން ސަރުކާރާ ހަމައަށް ކުރަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައެއް ކައުންސިލްތަކަށް ހީވާ ކަހަލަ ތިމަންނަމެންނަކީ ވަކި ސަރުކާރެކޭ: ސަލީމްޚަބަރު | މަހެއް ކުރިން20 ވަނަ މަޖިލީހުގެ ދައުރު ނިމިގެންދާއިރު ހުރިހާ މަސައްކަތްތަކެއްގެ ބާރުވެރިކަން ރައްޔިތުންނަށް ލިބޭނެ: ސަލީމްޚަބަރު | މަހެއް ކުރިންކޮރަޕްޝަނެއް ނުހުއްޓުވޭނެ، ކޮރަޕްޝަން މަދުކުރެވޭނީ ހަރުކަށި ފިޔަވަޅު އަޅައިން: ސަލީމްޚަބަރު | 2 މަސް ކުރިން މެދުއިރުމަތީ ހަނގުރާމާ ދިގުލާތީ ދައުލަތަށް އެއްބިލިޔަން ޑޮލަރު ގެއްލުންވާނެ، ހަރަދު ކުޑަކުރަންޖެހޭ: ސަލީމްޚަބަރު | 2 މަސް ކުރިން