logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮރަޕްޝަނެއް ނުހުއްޓުވޭނެ، ކޮރަޕްޝަން މަދުކުރެވޭނީ ހަރުކަށި ފިޔަވަޅު އަޅައިން: ސަލީމް

އަޙުމަދު ރިޝާން
17 ޖުލައި 2026 - 12:13
ކޮރަޕްޝަނެއް ނުހުއްޓުވޭނެ، ކޮރަޕްޝަން މަދުކުރެވޭނީ ހަރުކަށި ފިޔަވަޅު އަޅައިން: ސަލީމް

ކޮރަޕްޝަނަކީ ހުއްޓުވޭނެ އެއްޗެއް ނޫން ކަމަށާއި ކޮރަޕްޝަން މަދުކުރެވެނީ އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އަޅައިގެން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އެއް ވެސް ސަރުކާރަކަށް ކޮރަޕްޝަން ނުހުއްޓުވޭނެ ކަމަށެވެ. އަދި ޑިމޮކްރަސީ އައުމާއެކު ކޮރަޕްޝަން އިންތިހާ އަށް ގިނަވެފައިވާ ކަމަށާއި ތަރައްގީވެފައިވާ އެމެރިކާފަދަ ގައުމުތަކުގައި ވެސް ކޮރަޕްޝަން ނުހުއްޓޭ ކަމަށް ޝަރީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް އަޅަންވާ ފިޔަވަޅުތައް އެއްވެސް ސަރުކާރަކަށް އެޅިފައިނުވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަރީފު ވިދާޅުވީ މިދައުރުގައި ކޮރަޕްޝަން ހުއްޓުވުމަށް މާލިޔަތު ކޮމެޓީގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ވެއަތުވި ހަތަރު އަހަރު އެ ކޮމެޓީގައި ކޮރަޕްޝަން ހުއްޓުވުމަށް ނުކުރާހާ މަސައްކަތް މިދައުރުގައި ކޮށްފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮރަޕްޝަނެއް ނުހުއްޓުވޭނެ، ކޮރަޕްޝަން މަދުކުރެވޭނީ ހަރުކަށި ފިޔަވަޅު އަޅައިން: ސަލީމްޚަބަރު | 2 ގަޑިއިރު ކުރިން މެދުއިރުމަތީ ހަނގުރާމާ ދިގުލާތީ ދައުލަތަށް އެއްބިލިޔަން ޑޮލަރު ގެއްލުންވާނެ، ހަރަދު ކުޑަކުރަންޖެހޭ: ސަލީމްޚަބަރު | ދުވަހެއް ކުރިންއޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ ބިންގާ އަޅައިފިޚަބަރު | 4 މަސް ކުރިންގައުމު އޮތް ހާލަތުގައި ވެސް ރައީސް ކުރައްވާ މަސައްކަތް ރައްޔިތުން ބަލައިގަންނަން ޖެހޭ: މެންބަރު ސަލީމްޚަބަރު | އަހަރެއް ކުރިން