logo
MPL

MPL

ޚަބަރު

ބައެއް ކައުންސިލްތަކަށް ހީވާ ކަހަލަ ތިމަންނަމެންނަކީ ވަކި ސަރުކާރެކޭ، އެވަގުތަށް ގެންނަންޖެހޭ ބަދަލެއް ގެންނާނެ: ސަލީމް

އަޙުމަދު ރިޝާން
23 އޯގަސްޓު 2026 - 06:31
ބައެއް ކައުންސިލްތަކަށް ހީވާ ކަހަލަ ތިމަންނަމެންނަކީ ވަކި ސަރުކާރެކޭ: ސަލީމް

ބައެއް ކައުންސިލަތަކަށް ހީވަނީ އެއީ ވަކި ސަރުކާރެއް ކަމަށާއި ގައުމު ބައިބައިވިއަ ނުދިނުމަށްޓަކައި އެވަގުތު ގެންނަންޖެހޭ ބަދަލެއް ގެންނަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހީ ބިލު ފާސްކުރުމާ ދެކޮޅަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ދިވެހި ރާއްޖޭގައި އޮންނަނީ ފެޑްރަލް ދައުލަތެއް ނޫން ކަމަށާއި ރާއްޖޭގައި އޮންނަނީ ޔުނިޓަރީ ސަރުކާރެއް ކަމަށެވެ. އަދި ގައުމުގެ އެންމެ މަތީވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ގައުމު އިސްލާހު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ކަމަށް ވެސް ސަލީމު ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަލީމް ވިދާޅުވީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ތިންބާރު ވަކިވެފައިވާ ނިޒާމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ގެންނަން އުޅޭ އިސްލާހެއް ކަމަށެވެ. އަދި ކުރިޔަށް އޮތްތާ ވަކި އަތޮޅުތަކުން ނިކުމެ، މައި ސަރުކާރުން ބާރު ނުފޯރުވޭނެ ކަމަށް ބުނުމަކީ ގައުމު ބައިބައިވެދާނެ ކަމެއް ކަމަށާއި މިއީ އެއްވެސް ޕާޓީއަކުން ބޭނުންވާނެ ގޮތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައެއް ކައުންސިލްތަކަށް ހީވާ ކަހަލަ ތިމަންނަމެންނަކީ ވަކި ސަރުކާރެކޭ: ސަލީމްޚަބަރު | 2 ގަޑިއިރު ކުރިން20 ވަނަ މަޖިލީހުގެ ދައުރު ނިމިގެންދާއިރު ހުރިހާ މަސައްކަތްތަކެއްގެ ބާރުވެރިކަން ރައްޔިތުންނަށް ލިބޭނެ: ސަލީމްޚަބަރު | 6 ދުވަސް ކުރިންކޮރަޕްޝަނެއް ނުހުއްޓުވޭނެ، ކޮރަޕްޝަން މަދުކުރެވޭނީ ހަރުކަށި ފިޔަވަޅު އަޅައިން: ސަލީމްޚަބަރު | މަހެއް ކުރިން މެދުއިރުމަތީ ހަނގުރާމާ ދިގުލާތީ ދައުލަތަށް އެއްބިލިޔަން ޑޮލަރު ގެއްލުންވާނެ، ހަރަދު ކުޑަކުރަންޖެހޭ: ސަލީމްޚަބަރު | މަހެއް ކުރިން