logo
MPL

MPL

ޚަބަރު

އިސްކަން ދެނީ އަސްލު މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
18 ޖުލައި 2026 - 02:03
އިސްކަން ދެނީ އަސްލު މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް: ރައީސް

މާލޭގެ ތޮއްޖެހުމާއި ދިމާވެފައިވާ އެކިއެކި އިޖުތިމާޢީ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ އެ މައްސަލަތައް މެދުވެރިވާ އަސްލު ސަބަބު ނުވަތަ "ރޫޓް ކޯސް" ދެނެގަނެ، އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގެ ތޮއްޖެހުމާއި ވެހިކަލްތަކުގެ މައްސަލައަކީ ހަމައެކަނި ވަގުތީ ހައްލެއް ގެނެސްގެން ނިމޭނެ ކަމެއް ނޫން ކަމަށެވެ. މި މައްސަލައިގެ އަސްލު ސަބަބަކީ ރާއްޖޭގެ ތަރައްގީ އެއް ސަރަހައްދަކަށް މަރުކަޒުވެފައި އޮތުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެކަމަށް ވަރަށް އަވަހަށް ނިމުމެއް ގެންނަވާނެ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްގީގެ އިންޓެގްރޭޓެޑް ޒޯންތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. "އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލްތަކާ އަދި އެނޫންވެސް ބޭނުންވާނެ ހުރިހާ ކަމެއް ހިމެނޭހެން، ވަޒީފާގެ ފުރުސަތުތަކާ ހައުސިންނާ ހުރިހާ ކަމެއް ގާއިމްކޮށްގެން، ފަސް އާބަން ސެންޓަރެއް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް އަޅުގަނޑުމެން މިވަނީ ފަށާފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މީހުން މާލެއަށް ހިޖުރަކުރަނީ ފެންވަރު ރަނގަޅު ތައުލީމާއި، ވަޒީފާއާއި، ބޯހިޔާވަހިކަން ހޯދުމަށް ކަމަށެވެ. އެހެންކަމުން، ސަރަހައްދީ ތަރައްގީގެ ޕްލޭންގެ ދަށުން މި ހިދުމަތްތައް އެހެން ސަރަހައްދުތަކުން ލިބެން ފެށުމުން، މީހުން އަމިއްލަ ރަށުގައި ނުވަތަ ރަށާ ކައިރި ހިސާބުތަކުގައި ދިރިއުޅެން ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ 40 އިންސައްތައަށްވުރެ ބޮޑު ބައެއް ގްރޭޓާ މާލޭ ސަރަހައްދުގައި ދިރިއުޅޭއިރު، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ބިޔަ މަޝްރޫއުތަކެއް ހިންގަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. މީގެ އިތުރުން، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ޕާކިން ބިލްޑިންގްތައް ހެދުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، މި މަޝްރޫއުތަކުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށާއި ދުއްވާ އެއްޗިއްސަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"މިތަނަށް މީހުން އިތުރުނުވާކަމަށް ވަންޏާ ވެހިކަލްތައްވެސް އިތުރެއް ނުވާނެ. ވެހިކަލްތަކުގެ އަދަދު ކަނޑައެޅުމާއި އުމުރު ކަނޑައެޅުމަކީ ގާނޫނީ ގޮތުން ކައުންސިލްތަކާއި ސަރުކާރަށް ކުރެވިދާނެ ކަންކަން. ނަމަވެސް އަޅުގަނޑުމެން އިސްކަން މިދެނީ މި މައްސަލައިގެ އަސްލު ސަބަބަށް ދާއިމީ ހައްލެއް ގެނައުމަށް،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 19 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން