logo
Bank of Maldives

Bank of Maldives

ޚަބަރު

ތިން މަސްތެރޭ 33 އިންސައްތަ މުވައްޒަފުން މަދުކުރަނީ، މުވައްޒަފުން މަދުކުރާ ގޮތް ގާތުން ބަލާނަން: ޕީސީބީ

އަޙުމަދު ރިޝާން
18 ޖުލައި 2026 - 07:35
ތިން މަސްތެރޭ 33 އިންސައްތަ މުވައްޒަފުން މަދުކުރަނީ، މުވައްޒަފުން މަދުކުރާ ގޮތް ގާތުން ބަލާނަން: ޕީސީބީ

ކުރިއަށް އޮތް ތިން މަސް ތެރޭގައި މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރު ކުންފުނިތަކަށް އަންގައިފި އެވެ.

ޕީސީބީން ނެރިފައިވާ ސާކިއުލާގައިވާ ގޮތުން މުވައްޒަފުން މަދުކުރުމަށް ތިން މަސްދުވަސް ގުނާނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ. ޕީސީބީން ބުނީ ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ ގޮތް ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ. އެގޮތުން ކޮންމެ ހަފުތާއެއް ވެސް ފެށޭ އާދިއްތަ ދުވަހު ކުންފުނިތަކުން ގެނައި ބަދަލު ޕީސީބީ އަށް ހުށަހެޅުމަށް ވެސް އަންގާފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީސީބީ ބުނީ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަނީ އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުންފުންޏާ އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމަށް ކަމަށެވެ. މިގޮތަށް އެންގުމާއި ގުޅިގެން ބައެއް ކުންފުނިތަކުން ވަނީ މުސާރާއެކު ޕެކޭޖްތައް ކަނޑައެޅުމަށް ފަހު، ކެނޑެން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

ޕީސީބީން މިގޮތަށް ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމަށް އެނގި އެނގުމުކާ ވިދިގެންނެވެ. އަދި މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅެއްގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ އަށް މަދުކުރުމަށް ޕީސީބީ އަށް ފިނޭންސް މިނިސްޓްރީން އިރުޝާދުދީފައިވެ އެވެ.

އެގޮތުން މި އިރުޝާދުތަކުގެ ދަށުން، ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކުރުމަށާއި ތަޢުލީމީ ފެންވަރާއި، ހުނަރާއި، ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރު ކުރުމަށް އަންގާފައިވެ އެވެ.

މިއީ އެންމެ އެކަށީގެންވާ ފަރާތްތައް ވަޒީފާތަކަށް ހޮވައި، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މިއީ ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ދައުލަތުގެ މާލީ އަދި ހިންގުމުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި މިވަގުތު ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެކެވެ. އަދި މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ކުންފުނިތަކަށް އެންގުމަށް އަންގާފައި ވެއެވެ.

ހަމަމިއާއެކު އެ ކުންފުނިތަކުން އެކަމަށް އަމަލުކުރާ މިންވަރު މޮނިޓަރ ކުރުމަށާއި މި އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މައުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ހިއްސާކުރުމަށް ވެސް ޕީސީބީއަށް މިނިސްޓްރީން އަންގާފައިވެ އެވެ.

މި ފިޔަވަޅުތަކަކީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށާއި، ފައިސާ ޚަރަދުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި، މާލީ މެނޭޖްމަންޓް ރަނގަޅުކުރުމަށް ޕީ.ސީ.ބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރި ކަންތައްތަކެކެވެ.

ކުރީގެ ފިޔަވަޅުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އައު މުވައްޒަފުން ނެގުން ހުއްޓާލުމާއި، އިތުރުގަޑީގެ މަސައްކަތް ހަނިކުރުމާއި، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތައް ކެންސަލްކުރުމުގެ އިތުރުން ދަތުރުފަތުރާއި އެހެނިހެން އިޚްތިޔާރީ ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން މަސްތެރޭ 33 އިންސައްތަ މުވައްޒަފުން މަދުކުރަނީ، މުވައްޒަފުން މަދުކުރާ ގޮތް ގާތުން ބަލާނަން: ޕީސީބީޚަބަރު | 2 ގަޑިއިރު ކުރިންޕީސީބީ އިން އެސްއޯއީތައް އިވެލުއޭޓު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ގޭޓްވޭަ އަފްޑޭޓުކޮށްފިޚަބަރު | 22 ދުވަސް ކުރިންޕީސީބީގެ މެންބަރުކަމަށް ޒައިނާ އައްޔަނުކޮށްފިޚަބަރު | 24 ދުވަސް ކުރިންޕީސީބީގެ ރައީސްކަމަށް ނިޒާރު އަލުން އައްޔަންކޮށްފިޚަބަރު | 3 މަސް ކުރިން