logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނިއު ބަލިކޮށް، މާޒިޔާއިން ޔޫތު ޗެމްޕިއަންޝިޕް ތަށި ތިންވަނަ ބުރަށް އުފުލާލައިފި

އަޙުމަދު ރިޝާން
18 ޖުލައި 2026 - 11:52
ނިއު ބަލިކޮށް، މާޒިޔާއިން ޔޫތު ޗެމްޕިއަންޝިޕް ތަށި ތިންވަނަ ބުރަށް އުފުލާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ތަށި ދިފާއު ކޮށްފި އެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ޗެމްޕިއަންގައި ބައްދަލުކުރި ނިއުރޭޑިއެންޓާއި ލީގު ބުރުގައި ކުޅުންއިރު ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ. މިއަހަރުގެ މުބާރާތްވެސް މާޒިޔާއިން ނިންމާލީ މެޗަކުން ބަލިނުވެ، ވަރުގަދަ ރެކޯޑަކާއެކުގައެވެ. ފައިނަލްގެ ކުރިން ކުޅުނު ލީގު ބުރުގެ ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން އެ ޓީމު މޮޅުވިއިރު، އެއްވަރުވީ ހަމައެކަނި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްޖެހިފައެއް ނުވެ އެވެ. ނަމަވެސް ދެ ވަނަ ހާފު ފެށި މާގިނައިރުތަކެއް ނުވެ، 10 ވަނަ މިނެޓުގައި އޭދަން އަޙްމަދު މޫސާ ޖަހައިދިން ލަނޑާއެކު  މާޒިޔާއިން ލީޑު ނެގި އެވެ. މެޗުގެ ދެވަނަ ލަނޑު މަޒީޔާގެ  ކެޕްޓަން މުޙައްމަދު އިލާން އިމްރާން ވަނީ ޖަހާފާ އެވެ. އެނާ ލަނޑު ޖަހާފައި ވަނީ 73 ވަނަ މިނެޓުގަ އެވެ. ނިއުރޭޑިއެންޓް އިން ޖެހި ހަމައެކަނި ލަނޑު ޖަހާފައި ވަނީ މެޗުގެ 80 ވަނަ މިނެޓްގައި ޕެނަލްޓީއަކުން އަޙްމަދު ހަމްދާން އަޒްލީން އެވެ. މާޒިޔާގެ ތިންވަނަ ލަނޑުޖަހާ ލީޑްފުޅާކޮށްދިނީ މެޗުގެ 90 ވަނަ މިނެޓުގައި ނައްސާހު އިބްރާހީމް ނާސިރުޖެހި ލަނޑާއެކު އެވެ. މެޗުގެ އެންމެ ފަހު ލަނޑު ޖަހާފައި ވަނީ އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި އަލްހާން ފައިސަލް އަމީން އެވެ.

މާޒިޔާއިން ވަނީ މިދިޔަ އަހަރާއި 2011 ވަނަ އަހަރު ވެސް މި މުބާރާތުގެ ފައިނަލު ކާމިޔާބު ކޮށްފަ އެވެ. މިއީ މާޒިޔާއިން ޔޫތު ޗެމްޕިއަންޝިޕްގެ ތަށި ފަހުރުވެރިކަމާ އެކު އުފުލާލި ތިން ވަނަ ފަހަރެވެ. މިފަހަރުގެ މުބަރާތުގައި މަޒީޔާއިން ގަދަކުޅުމެއް ދެއްކި އިރު، އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ.

މުބާރާތުގެ ރަނަރަޕްކަން ނިއުރޭޑިއަންޓުން ހޯދިއިރު މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ކެޔޮދޫ ރެކްރިއޭޝަން ކުލަބެވެ.

މިއަހަރުގައި ވާދަކޮށްފައި ވަނީ ހަ ޓީމެވެ. ފައިނަލުގައި ބައްދަލުކުރި މާޒިޔާގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބް، އޮޑި ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ކެޔޮދޫ ޓީމް ބައިވެރިވެފައިވެ އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މާޒިޔާގެ އިބްރާޙީމް ސައީދު (ކަކާ) އެވެ. އަދި މުބާރަތުގެ ގަދަ 11 ކުޅުންތެރިންގެ ތެރޭގައި މަޒިޔާ އަށް ނިސްބަތްވާ ފަސްކުޅުންތެރިން ހިމެނެ އެވެ.

މި މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިން:

  • ޠާއިއު ޢަބްދުލްހަކީމް - ނިއުރޭޑިއަންޓް
  • ނާޝިއު އަޙްމަދު ޝިހާމް - މާޒިޔާ
  • ހޫދު އަޙްމަދު ފަތުހީ - އޮޑި ސްޕޯޓްސް ކުލަބު
  • އަޙްމަދު ހަމްދާން - ނިއުރޭޑިއަންޓް
  • ނައްސާޙް އިބްރާޙީމް ނާސިރު- މާޒިޔާ
  • އަޙްމަދު އަފްނާން ޢަލީ - އޮޑި ސްޕޯޓްސް ކުލަބު
  • މުޙައްމަދު އިލާން އިމްރާން - މާޒިޔާ
  • މުޙައްމަދު އިޒާން ޢަލީ - ނިއުރޭޑިއަންޓް
  • މުޙައްމަދު މާއިލް މޫސާ - އޮޑި ސްޕޯޓްސް ކުލަބު
  • އަނޫފް އަބްދުﷲ - މާޒިޔާ
  • އައިދު މުޙައްމަދު- މާޒިޔާ

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއު ބަލިކޮށް، މާޒިޔާއިން ޔޫތު ޗެމްޕިއަންޝިޕް ތަށި ތިންވަނަ ބުރަށް އުފުލާލައިފިކުޅިވަރު | ގަޑިއިރެއް ކުރިންވަރުގަދަ މާޒިޔާ ކަޓުވާލައި ބުރުން އެފްއޭ ކަޕް ސެމީގެ ފަަހު ޖާގަ ހޯދައިފިކުޅިވަރު | 3 މަސް ކުރިންޕެނަލްޓީޖަހައިގެން ނިއުރޭޑިއަންޓް ބަލިކޮށް ޕްރެސިޑެންޓްސް ކަޕުގެ ފުރަތަމަ ޖާގަ މާޒިޔާއަށްކުޅިވަރު | 5 މަސް ކުރިންވިކްޓްރީ ބަލިކޮށް މާޒިޔާ އެއްވަނައިގައި ސެމީއަށް، ވާދަކުރަންޖެހޭނީ ނިއުރޭޑިއަންޓާ ދެކޮޅަށްކުޅިވަރު | 5 މަސް ކުރިން