އެމްޑީޕީ ވެރިކަމުގައި ވަޒީފާއިން ވަކިކުރި މީހުންނަށް ކޯޓުން ވަޒީފާންދޭން އެންގީމަ ދިނީ ބީރު ކަންފަތެއް: މުސްތަފާ
18 ޖުލައި 2026 - 14:02

އެމްޑީޕީ ވެރިކަމުގައި ވަޒީފާއިން ވަކިކުރި މީހުންނަށް ކޯޓުން ވަޒީފާންދޭން އެންގީމަ ދިނީ ބީރު ކަންފަތެއް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހަޅާފައިވާ ގަރާރަށް ވާހަކަ ދައްކަމުން މުސްތަފާ ވިދާޅުވީ އެމްޑީޕީން ކަންބޮޑުވެގެން އުޅެނީ ރައްޔިތުންގެ ހައްގުގައި ނޫން ކަމަށެވެ. އެނާ ވިދާޅުވީ އެމްޑީޕީން ކަންބޮޑުވަނީ އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކު ވަޒީފާއިން ވަކިކުރާތީ ކަމަށާއި އެހެން ނޫން ނަމަ އެ ވާހަކަ ދައްކާނީ ސަރުކާރަށް ތިން އަހަރުފުރެން ގާތްވެފައިވާ ވަނިކޮށް ނޫން ކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސަރުކާރު ހިންގަން ދަތިވެގެން ސިވިލްސާވިސް މުވައްޒަފުންގެ މުސާރައިން ބައެއް ކަނޑަލީ ކަމަށް އޭނާ ވިދާޅުވި އެވެ.

Ad by Hajj Corporation
މުސްތަފާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ވަޒީފާއިން ވަކިކުރި މީހުނަށް ވަޒިފާއާ ބެހޭ ޓްރައިބިއުނަލް އާއި ކޯޓުތަކުން ވަޒީފާދޭން އަމުރުކުރުމުން ދައުރު ނިމުންއިރު ވެސް ވަޒީފާ އިޔާދަ ކޮށްދީފައިނުވާ ކަމަށެވެ.


