logo
Bank of Maldives

Bank of Maldives

ޚަބަރު

ސްކޭމްގެ ގޮތުގައި މިދިޔަ ހަފުތާ އެކަނި ވެސް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވޭ

އައިޝަތު ނަޝާ
25 ޖުލައި 2026 - 08:28
ސްކޭމްގެ ގޮތުގައި މިދިޔަ ހަފުތާ އެކަނި ވެސް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވޭ

ސްކޭމް ގެ މައްސަލަތަކުގައި މިދިޔަ ހަފުތާގައި ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާއިރު، އެހެން މީހަކަށް ހެދިގެން ސްކޭމް ކުރުމުގެ މައްސަލަތައް ވެސް ވަނީ އިތުރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންޓި ސްކޭމް ސެންޓަރުން އިއްޔެ އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި މަހުގެ 12އިން 18އަށް، ސްކޭމްގެ 43 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އެ މައްސަލަތަކުގައި 254،517 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.

އެ މުއްދަތުގައި ފުލުހުން ވަނީ ސްކޭމްތަކަށް ގެއްލުނު 188،799.72 ރުފިޔާ ހޯދައިފައި ކަމަށް އެ އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.

755381083_122168676020816082_6822535679087861780_n.jpg

އާންމު ގޮތެއްގައި ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، އެންމެ ގިނައިން ސްކޭމް ކުރަނީ އޮންލައިން ވިޔަފާރި ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. ނަމަވެސް މިދިޔަ ހަފުތާގައި އެންމެ ގިނައިން ސްކޭމްކޮށްފައިވަނީ، އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެންނެވެ. އެގޮތުން އެފަދަ 14 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އެއާ އަޅައިބަލާއިރު، އޭގެ ކުރީ ހަފުތާގައި ރިޕޯޓުކޮށްފައިވަނީ އެފަދަ އެންމެ ދެ މައްސަލައެވެ.

މިދިޔަ ހަފުތާގައި އޮންލައިން ވިޔަފާރީގެ ތެރެއިން ސްކޭމް ކުރުމުގެ 12 މައްސަލައެއް ހުށަހަޅައިފައިވާއިރު، ފައިސާ މާރުކުރުމުގައި އޮޅުވާލުމުގެ ދެ މައްސަލައެއް ވެސް ހުށަހަޅައިފައިވެއެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން ސްކޭމް ކުރާ މީހުން އާންމުކޮށް ބޭނުންކުރާ މަންސަތަކުގެ ތެރޭގައި އޮންލައިން މެސެޖިން އެޕްތަކާއި އައިބޭއާއި ފޭސްބުކް މާކެޓްޕްލެސް ހިމެނެއެވެ. އަދި ފޯނުން ގުޅައިގެންނާއި ފިޝިން ލިންކްތަކުން ހެކްކޮށްގެން ވެސް ފައިސާ އަތުލާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސްކޭމްތަކުގައި ނުޖެހުމަށް ޓަކައި، ފައިސާ ފޮނުވުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން އިރުޝާދުދެއެވެ. އެގޮތުން ފައިސާ ފޮނުވަން މީހަކު އެދިއްޖެ ނަމަ، އެއީ ހަގީގަތުގައި ވެސް އެ މީހާތޯ އެހެން ގޮތަކުން ޔަގީންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމްގެ ގޮތުގައި މިދިޔަ ހަފުތާ އެކަނި ވެސް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވޭޚަބަރު | 2 ގަޑިއިރު ކުރިންޕޮލިސް މެމޯރިއަލް ޑޭ: ފުލުހުންގެ އަގުހުރި ޚިދުމަތާއި މަތިވެރި ގުރުބާނީގެ ހަނދާންތައް އާކުރާ ދުވަހެއްރިޕޯޓް | 2 ދުވަސް ކުރިންކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންމާރާމާރީއެއްގެ މައްސަލާގައި ތުހުމަތުވާ މިސްރު ދެމީހަކު ޑީޕޯޓް ކޮށްލަނީޚަބަރު | 3 ދުވަސް ކުރިން