logo
Bank of Maldives

Bank of Maldives

ޚަބަރު

ސޮވެރިންގް ޑިވެލޮޕްމެންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް އަރައިފި

އަޙުމަދު ރިޝާން
25 ޖުލައި 2026 - 08:38
ސޮވެރިންގް ޑިވެލޮޕްމެންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް އަރައިފި

 ސޮވެރިންގް ޑިވެލޮޕްމެންޓް ފަންޑް، އެސްޑީއެފް ޖަމާކުރި ފައިސާގެ އަދަދު 1.2 ބިލިޔަނަށް ރުފިޔާ އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އެއް މިލިޔަން ރުފިޔާގެ ކުރި އެރުމެކެވެ. އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފަށް ޖަމާކޮށްފައި ވަނީ 1.1 ބިލިޔަން ރުފިޔާ އެވެ. އެއީ ނުވަ އިންސައްތައިގެ ކުރިއެރުމެކެވެ. އެސްޑީއެފަށް 1.2 ބިލިޔަން ރުފިޔާ ޖަމާކޮށްފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަފާސްހިސާބުތައް ދައްކާގޮތުން ސަރުކާރުން ނަގާފައިވާ ދަރަނިތައް ދެއްކުމަށް 9.3 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރު މި މި މުއްދަތުގައި ލޯނު ދެއްކުމަށް ހަރަރު ކޮށްފައި ވަނީ 3.2 ބިލިޔަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 190 އިންސައްތައިގެ އިތުރުވުމެކެވެ. މި ފަންޑަކީ މަރުކަޒީ ބޭންކުގެ ރިޒާވްއާ މުޅިން ތަފާތު ފަންޑަކަށްވާއިރު މި ފަންޑަށް ފައިސާ ވަންނަނީ އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިންނާއި އެއާޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތަކުން ލިބޭ އާމްދަނީތަކެވެ. އޭގެ ތެރޭގައި އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ހިމެނެ އެވެ.

މި ފަންޑަކީ 2016 ވަނަ އަހަރު އުފައްދާފައިވާ ފަންޑެކެވެ. މި ފަންޑު އުފައްދާފައި ވަނީ ކުއްލި ހާލަތްތަކާއި ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތައް ދެއްކުމުގެ އިތުރުން އިގްތިސޯދީ ގޮތުން ރާއްޖެ އަށް އަންނަ ލޮޅުންތައް ފޫބެއްދުމަށް ބޭނުންކުރާ ފަންޑެއްގެ ގޮތުގަ އެވެ. އެގޮތުން މިފަންޑު މެދުވެރިކޮށް 500 މިލިޔަން ޑޮލަރުގެ ލޯނު ސަރުކާރުން ވަނީ ދައްކާފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އަހަރަށްވުރެ ބޮޑުތަނުން އިތުރުވެ، ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 499 މިލިއަން ރުފިޔާ ލިބިއްޖެޚަބަރު | ދުވަހެއް ކުރިން50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކީ އެސްޑީއެފްގައި ހުރި ފައިސާއިން: ފިނޭންސް މިނިސްޓްރީޚަބަރު | 3 ދުވަސް ކުރިންއެމްޑީޕީ ސަރުކާރުން އެސްބީއައިއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފިޚަބަރު | 5 ދުވަސް ކުރިންމިދިޔަ މަހުގެ ނިޔަލަށް އެއާޕޯޓް ފީއާ ޓެކްސްގެ ގޮތުގައި ދައުލަތަށް 2.5 ބިލިޔަން ރުފިޔާޚަބަރު | 18 ދުވަސް ކުރިން