logo
Bank of Maldives

Bank of Maldives

ޚަބަރު

ލަންކާއަށް މަސްތުވާތަކެތި އެތެރެކުރި ދެ ދިވެހިން ހައްޔަރުކޮށްފި

އައިޝަތު ނަޝާ
25 ޖުލައި 2026 - 08:43
ލަންކާއަށް މަސްތުވާތަކެތި އެތެރެކުރި ދެ ދިވެހިން ހައްޔަރުކޮށްފި

ސްރީލަންކާގެ ކަޓުނަޔަކަ އެއާޕޯޓު (ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު) މެދުވެރިކޮށް އެ ގައުމަށް މަސްތުވާތަކެތި އެތެރެކުރި ދެ ދިވެހިން، ސްރީލަންކާގެ ޕޮލިސް ނާކޮޓިކް ބިއުރޯ (ޕީއެންބީ) އިން ހައްޔަރުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ޕީއެންބީން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެ މީހުންގެ އަތުން ގާތްގަނޑަކަށް 10 މިލިއަން ސްރީލަންކާ ރުޕީސްގެ އަގުހުރި 'އައިސް' (މެތަމްފެޓަމިން) ވަނީ އަތުލައިގަނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަން ހިންގާފައިވަނީ ޖުލައި 22 ވަނަ ދުވަހު ކަޓުނަޔަކަ އެއާޕޯޓަށް ދިވެއްސަކު މަސްތުވާތަކެތި ހިފައިގެން އަންނަ ކަމަށް ޕީއެންބީގެ ޑެޕިއުޓީ ޑިރެކްޓަރަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ. މި މައުލޫމާތު ލިބުމާއެކު، ސްރީލަންކާގެ ފުލުހުން ވަނީ އެއާޕޯޓުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ޚާއްސަ ފާރަވެރިކަމެއް ފަށާފައެވެ.

ފުލުހުން ބުނި ގޮތުގައި، މާލެއިން ފުރައިގެން ކަޓުނަޔަކަ އެއާޕޯޓަށް 40 އަހަރުގެ ދިވެހި މީހާ ދިޔައީ މެންދުރު 12:15 ހާއިރުއެވެ. އޭނާ އެއާޕޯޓަށް ފޭބުމާއެކު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް ބަލައި ފާސްކޮށްފަ އެވެ. މިގޮތުން އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު، އޭނާގެ ޖިންސީ ގުނަވަން ހިމެނޭ ސަރަހައްދުގައި ފޮރުވައިގެން ގެންދިޔަ 602 ގްރާމްގެ އައިސް ފެނިފައިވެ އެވެ.

ޕީއެންބީން ބުނީ އެއާޕޯޓުން ހައްޔަރުކުރި މީހާއާ ސުވާލުކުރުމުން، މަސްތުވާތަކެތި ގެނައީ ސްރީލަންކާގައި އައިސް ވިއްކައި އުޅޭ މައިގަނޑު ޑީލަރަކާ ހަވާލުކުރުމަށް ކަމަށް ބުނެފައިވާ ކަމަށެވެ. މި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ޖުލައި 22 ވަނަ ދުވަހުގެ ރޭ ކޮލަމްބޯގެ ހޮޓަލަކުން ފުލުހުން ވަނީ އެ ނެޓްވޯކްގެ މައި ޑިސްޓްރިބިއުޓަރު ކަމަށް ތުހުމަތުކުރެވޭ 28 އަހަރުގެ ދިވެހި މީހާ ވެސް ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ އަތުން 10 ގްރާމް އަދި 670 މިލިގްރާމްގެ އައިސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. މި ދެ މީހުންނަކީވެސް ސްރީލަންކާގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކަކާ ގުޅުންހުރި ބައެއް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިން އިއްޔެ ނިގަމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި 14 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާއަށް މަސްތުވާތަކެތި އެތެރެކުރި ދެ ދިވެހިން ހައްޔަރުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންއައްޑޫއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 4 ދުވަސް ކުރިންޑްރަގް މައްސަލާގައި މުރައިދޫން ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 19 ދުވަސް ކުރިންއެއްފަހަރާ 500 މީހުންނަށް ފަރުވާދެވޭ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއްގެ މަސައްކަތް ފަށަނީޚަބަރު | މަހެއް ކުރިން