logo
Bank of Maldives

Bank of Maldives

ޚަބަރު

މޫސުން ގޯސްވެގެން ލިބޭނެ ގެއްލުން ދުރާލާއި ލަފާކުރެވޭނެ ނިޒާމެއް ގާއިމްކުރަނީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
17 އޮކްޓޯބަރު 2024 - 13:13
މޫސުން ގޯސްވެގެން ލިބޭނެ ގެއްލުން ދުރާލާއި ލަފާކުރެވޭނެ ނިޒާމެއް ގާއިމްކުރަނީ

މޫސުން ގޯސްވުމުގެ ސަބަބުން ލިބޭނެ ގެއްލުންތައް ދުރާލައި އަންދާޒާކުރެވޭނެ ނިޒާމެއް ނުވަތަ އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓެއް ގާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، މިހާރު މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ މައުލޫމާތުތަކަކީ މޫސުން ކުރިއަށް ލަފާ ކުރާ ގޮތް އެކަނި ކަމަށެވެ. އެހެން ނަމަވެސް އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓެއް ތައާރަފްކަން ބޭނުން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް މިހާރަށް ވުރެ ބޮޑަށް ބެލުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މިސާލަކަށް ކޮޅިގަނޑެއް ނުވަތަ ވިލާގަނޑެއް އައިސްގެން އޭގެ ސަބަބުން ކޮން ކަހަލަ ގެއްލުންތަކެއްތޯ އެ ސަރަަހައްދަކަށް ވާނީ. ފެންބޮޑުވާނެތޯ ނުވަތަ އުދަ އަރާނެތޯ، ރާޅު އަރާނެތޯ، އޭގެ އަސަރުކުރާނީ ކޮން ރަށެއްގެ ކޮން ހިސާބަކަށްތޯ. އެ ދިމާލަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި އެ ސިސްޓަމް ގާއިމް ކުރުމަކީ އެ ވުޒާރާގެ އަމާޒެކެވެ.

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް 5 ދުވަހު ބައެއް ސަރަހައްދަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވާނެޚަބަރު | 37 މިނިޓު ކުރިންކެންދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ ޚަބަރު | 3 ގަޑިއިރު ކުރިންދުންފުހުގެ އަސަރު ދަނީ ދަށްވަމުންޚަބަރު | 9 ދުވަސް ކުރިންކަނޑުދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލުވޭ: މެޓްޚަބަރު | 13 ދުވަސް ކުރިން