ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 66 އަށް ބޭފުޅަކަށް
26 ޖުލައި 2026 - 13:05

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 66 އަށް ބޭފުޅަކަށް ދީފި އެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް އެ އިނާމު ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

Ad by Hajj Corporation
މި ޝަރަފު ލިބުން ފަރާތްތަކަކީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައި ތިބި ފަރާތްތަކުގެ ތެރެއިން މިހާތަނަށް އިނާމު ނުލިބޭ ފަރާތްތަކެވެ. މި ފަރާތްތަކަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާފައި ވަނީ ޝަރަފުގެ ބެޖެކާއި އައްޑަނައަކާއި ހަނދަނީ ލިޔުމެކެވެ.
މީގެ ކުރިން މި އިނާމު ދެމުން އައީ ވަކި މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ ފަރާތްތައް ހޮވާލުމަށް ފަހު ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުވާ ފަރާތްތަކަށެވެ. މިހާތަނަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކޮށްފައިވާ ފަރާތްތަކުގެ ނަންތައް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވުމާ ގުޅިގެން އެ ބޭފުޅުންނަށް މި އިނާމު ވަނީ ދެއްވާފަ އެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ޢާންމުކޮށް ހުޅުއްވައިލައްވައި، މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވިއިރު، 130 ފޯމު ހުށަހަޅާފައިވެ އެވެ. މި ފޯމުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން ބަލައި އިންޓަރވިޔު ކުރުމަށްފަހު 66 ފަރާތެއް ޝަރުތު ހަމަވާ ކަމަށް ނިންމި އެވެ.


