logo
Bank of Maldives

Bank of Maldives

ޚަބަރު

ގޮނޑިކޮއްކޮ ޚާރިޖީ ސިޔާސަތަކީ މި ޤައުމަށް ހެޔޮގޮތެއް ނޫން: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
26 ޖުލައި 2026 - 20:10
ގޮނޑިކޮއްކޮ ޚާރިޖީ ސިޔާސަތަކީ މި ޤައުމަށް ހެޔޮގޮތެއް ނޫން: ރައީސް

އެހެން ބައެއްގެ ބާރުގެ ދަށުގައި އޮންނަ "ގޮނޑިކޮއްކޮ" ޚާރިޖީ ސިޔާސަތަކީ ދިވެހިރާއްޖެއަށް ހެޔޮގޮތެއް ނޫން ކަމަށާއި، މި ސަރުކާރުން ގެންގުޅޭނީ ދިވެހީންނަށް އިސްކަންދޭ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން ބައެއް ސަރުކާރުތަކުން ރާއްޖޭގެ ޚާރިޖީ މިނިވަންކަން އެހެން ބައެއްގެ އަތްދަށަށް ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ ދިވެހީންނަށް އިސްކަން ލިބޭ، ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތްތައް އިސްކޮށްގެން ކުރިއަށްދިޔުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޚާރިޖީ ގުޅުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިޒްރޭލު ފިޔަވައި ދުނިޔޭގެ ހުރިހާ ޤައުމަކާވެސް ރާއްޖެއިން ގާތް ގުޅުން ބާއްވާނެ ކަމަށެވެ. އިޒްރޭލާ ގުޅުން ނުބާއްވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ޖެނެސައިޑް ދިވެހިން ބަލައިނުގަންނާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"އިޒުރޭލުގެ ޕާސްޕޯޓުގައި މި ޤައުމަކަށް ނާދެވޭނެކަމަށް އަޅުގަނޑުމެން ނިންމީ ފަޚްރުވެރިކަމާ އެކީގައި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ އެމް.ޑީ.ޕީ ސަރުކާރުތަކުން ގެންގުޅުނީ އިޒްރޭލަށް ތާއީދުކުރާ ސިޔާސަތެއް ކަމަށާއި، އޭގެ ސަބަބުން އިސްލާމީ ޢަރަބި ޤައުމުތަކާ ދުރުވި ކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ. އެއީ ދިވެހީންގެ ވިންދާ ބީރައްޓެހި ސިޔާސަތެއް ކަމަށާއި، މި ސަރުކާރުން ޢަރަބި އިސްލާމީ ޤައުމުތަކާއި، އަވަށްޓެރި ޤައުމުތަކުގެ އިތުރުން ރާއްޖެއަށް އެހީތެރިވާ ހުރިހާ ޤައުމުތަކާ ގާތް ގުޅުން ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑުމެންގެ ކޮންމެ މީހެއްގެވެސް ހިތުގެ އެންމެ ފުން ނާރުތަކާ ގުޅިފައިވަނީ، ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންގެ ޖިހާދު. ފަލަސްޠީނުގެ ރައްޔިތުންނަށް އެ ކުރަމުންދާ އަނިޔާ، އެ ޖެނެސައިޑް އަޅުގަނޑުމެންގެ ދިވެހިން ގަބޫލެއްނުކުރޭ. އެހެންވީމާ، އެ ޖެނެސައިޑް ހިނގަމުންދާހާ ހިނދަކު، އަދި ހަމަ ޔަޤީނުންވެސް މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރަމުންދާހާ ހިނދަކު، އެކަން އަޅުގަނޑުމެން ހިފަހައްޓާނީ އެ މިންގަނޑުގައި.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަކީ އަބަދުވެސް ޞުލްޙައަށް ލޯބިކުރާ ޤައުމެއްކަން ފާހަގަކުރައްވަމުންނެވެ. ކޮންމެ ކަމެއްގައިވެސް ޚިޔާލު ތަފާތުވުން ހުރި ނަމަވެސް، އެކަންކަން ޙައްލުކުރަންވާނީ ހަނގުރާމައާއި އަނިޔާވެރިކަމުގެ ބަދަލުގައި ޞުލްޙަވެރިކަމާއެކު މަޝްވަރާކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޮނޑިކޮއްކޮ ޚާރިޖީ ސިޔާސަތަކީ މި ޤައުމަށް ހެޔޮގޮތެއް ނޫން: ރައީސްޚަބަރު | ގަޑިއިރެއް ކުރިންމިނިވަން ދުވަހާ ގުޅިގެން ނެރުނު ފަތްތޫރަ ރައީސުލްޖުމްހޫރިއްޔާ އަށް އަރުވައިފިޚަބަރު | 8 ގަޑިއިރު ކުރިންދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 66 އަށް ބޭފުޅަކަށްޚަބަރު | 8 ގަޑިއިރު ކުރިން"ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރީތި ސިފަތައް ރައްޔިތުންގެ ކިބައިގައި ހުރުން މުހިންމު "ޚަބަރު | 14 ގަޑިއިރު ކުރިން